މުމްބާއީގައި ހުންނަ މަޝްހޫރު ފިލްމު އުފައްދާ ކުންފުނި، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ އޮފީހަށް އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް ޒިޔާރަތް ކުރައްވައި، އިންޑިއާގެ ސިނަމާގެ ލަވައާއި ނެށުމާއި ހޫނު މެހެމާންދާރީގެ ތަޖުރިބާ ހޯއްދަވައިފި އެވެ.
އަނދޭރީގައި ހުންނަ އެ އޮފީހުގައި ގާތްގަނޑަކަށް 45 މިނެޓު ހޭދަކުރެއްވި ޕްރިންސް ވިލިއަމް އަށް މަރުޙަބާ ދެންނެވީ ކަރަން ޖޯހަރު، ސައިފް ޢަލީ ޚާން، ކަރީނާ ކަޕޫރު ޚާން އަދި ސީއީއޯ އަޕޫރްވާ މެހެތާ އެވެ.
ޕްރިންސް ވިލިއަމް އާ ވާހަކަފުޅު ދައްކަވަމުން ޖޯހަރު ވަނީ އިންޑިއާގެ ފިލްމުތަކުގެ ބައިނަލްއަޤްވާމީ ބާޒާރު، ޚާއްޞަކޮށް މެދުއިރުމަތީގެ މާކެޓް ފުޅާވަމުން އަންނަ މިންވަރު ފާހަގަ ކޮށްފަ އެވެ.
އެއާއެކު އިނގިރޭސި ވިލާތުގައި ގިނަ މަންޒަރުތަކެއް ޝޫޓު ކޮށްފައިވާ ކަރަންގެ ފިލްމު "ކަބީ ހުޝީ ކަބީ ގަމް" ބެލުމަށް ޕްރިންސް ވިލިއަމްއަށް ކަރަން ދައުވަތު ދެއްވުމުން އެ ފިލްމު ބައްލަވާނެ ކަމުގެ ޔަގީންކަން ޕްރިންސް ވިލިއަމް ދެއްވި އެވެ.
ލަންޑަނަށް ޗުއްޓީ ހޭދަ ކުރަން ވަރަށް ގިނައިން ދަތުރުކުރާ ސައިފް އާއި ކަރީނާ ވަނީ އެ ސިޓީއަށް އޮންނަ ލޯބި ހިއްސާ ކޮށްފަ އެވެ.
ޕްރިންސް ވިލިއަމް އާއި ޕްރިންސެސް ކެތަރިން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މި ޒިއާރަތަކީ މުމްބާއީ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދަށާއި އައްބާހަށް
މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން
ރަސްމީ ޖަލްސާތަކުގައި މިނިސްޓަރުންނާ އެއް ސަފަށް ފަލާހު