އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝެއިޚް ހަސަން ލަތީފާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަލީ ޒާހިރު ވެސް އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް ހަސަން ލަތީފް ވިދާޅުވީ އަދާލަތު ޕާޓީގެ އެތެރޭގެ ކަންތައްތައް ހުރިގޮތުން ރޭގެ ވަގުތެއްގައި އެ ޕާޓީން ވަކިވެވަޑައިގެންފައިވާނެ ކަމަށެވެ.
އޭނާ އަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ އަކީ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެކެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ވެސް ކުރެއްވި އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އަދާލަތު ޕާޓީން ބަލައިގަނެވޭނެ ފަދަ އުޒުރެއް ނެތް ނިންމުމެއް އިއުލާނުކުރި ހިސާބުން ފެށިގެން އޭނާ ވަނީ ޕާޓީއާ ދުރުވެވަޑައިގެންފައި ކަމަށެވެ.
އެ ބޭފުޅުން އަދާލަތު ޕާޓީން ވަކިވެވަޑައިގަތީ ރަސްމާލޭގެ ދެބައިކުޅައެއްބައި ބިން ޔޫއޭއީގެ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމާފައި ވަނިކޮށް، އެ ނިންމުމާ ގުޅޭ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ހޮވަން އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން ހެދުމުންނެވެ.
އެ ޕާޓީގެ ކުރީގެ ތަރުޖަމާނު އަލީ ނަޒީރު ވެސް ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އީރާނުން ސަރަހައްދުގެ ބައެއް ގައުމުތަކަށް ހަމަލާތަކެއް ދީފި
ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދަށާއި އައްބާހަށް
ކަނޑަށް ގެއްލުނު މިންހާޖް މަރުވެފައިވާ ކަމަށް ކަނޑައަޅައިފި
