ދާރުއްސަލާމް (21 މެއި) - އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދިޔަ ކުރިމަތިލުންތައް ހުއްޓާލަން ދެ ފަރާތުން ނިންމިތާ 24 ގަޑިއިރު ނުވަނީސް މަސްޖިދުލް އަގްސާ ސަރަހައްދުގައި އިއްޔެ ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ މަސްޖިދުލް އަޤްސާ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އެވެ.
މަންޒަރު ދުށް ރޮއިޓާސްގެ ނޫސްވެރިން ބުނިގޮތުގައި އިޒްރޭލުގެ ފުލުހުންނަށް އަމާޒުކޮށް ފަލަސްތީނުގެ ރައްޔިތުން ވަނީ އޮށްގަލާއި ޕެޓްރޯލް ބޮން އުކައިފަ އެވެ. އެއާއެކު ރައްދުގައި އިޒްރޭލުގެ ފުލުހުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދިމާއަށް ސްޓަން ގްރެނޭޑް އުކައިފަ އެވެ.
އިޒްރޭލު ފުލުހުންގެ ތަރުޖަމާން މިކީ ރޮސެންފެލްޑް ބުނެފައި ވަނީ އިޒްރޭލުގެ ފުލުހުން ވަނީ ޙަރަމް އަލް ޝަރަފައިންގެ ސަރަހައްދަށް ވަދެ މަސްލަހަތު އަމާންކުރަން މަސައްކަތް ކޮށްފައި ކަމަށެވެ.
މި ހަމަނުޖެހުންތައް އަދިވެސް ކުރިއަށް ދާއިރު އިޒްރޭލު ފުލުހުން ދަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ސްޓަން ގްރެނޭޑް އާއި ރަބަރު އުންޑަ ބޭނުން ކުރަމުންނެވެ.
އެގާރަ ދުވަހަށް ފަހު ހަމަލާތައް ހުއްޓާލައިފައި ވަނީ ފަލަސްތީން ގަޑިން ހުކުރު ދުވަހުގެ މެންދަމުން އަލިވެ 02:00 ގަ އެވެ. --އަލް އަރަބިއްޔާ