މުޅި ރާއްޖެއަށް މިއަދު ދުންފުހުގެ އަސަރު ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މި އަސަރު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މި އަސަރު އެންމެ ބޮޑަށް ފޯރާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ. ޖައްވުގައި ދުންފުހުގެ މިންވަރު އިތުރުވުމުގެ ސަބަބުން ވައިގެ ސާފުމިން ދަށްވެ، ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފަ އެވެ.
މި ދުވަސްވަރު ވައިގެ ސާފުމިން ދަށްވުމާ ގުޅިގެން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ބޭރުގައި އުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، ކުޑަކުދިންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުން މި ދުވަސްވަރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފަ އެވެ.
ރާއްޖޭގެ ސަރަހައްދަށް މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރަނީ އިރުވައި މޫސުމާ ގުޅިގެން އަވަށްޓެރި ގައުމުތަކުން ވައިގެ ތެރެއަށް ބޭރުވާ ހިރަފުހާއި ދުމުގެ އަސަރު ވައިގެ މަގުން ރާއްޖެއާ ދިމާލަށް ދަތުރުކުރުމުގެ ސަބަބުންނެވެ.
24 ގަޑިއިރު ނުވަނީސް ޕީއެންސީގެ މެންބަރުންގެ އަދަދު ދަށްވެއްޖެ
ކޮންމެ ދުވަހަކު އެއް ނާސްތާއެއް ކުރާނަމަ ވާނީ ކިހިނެއް؟
ޖެނުރައަރީ 1 ގެ ފަހުން އީރާނަށް ވާނެ ގޮތެއް ބަލާނަން: ޓްރަމްޕް