ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ފައިސާ ބަހައިގެން ގިނަ އަދަދެއްގެ މީހުން ޕާޓީއަށް ވައްދައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެއްލައްކަ މެންބަރުން ހަމަކޮށް ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގެ ތާރީޚުގައި އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން ދައްކާ ގޮތުގައި މިވަގުތު ޕީއެންސީގައި 100،083 މެންބަރުން އެބަތިއްބެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި ތިބީ 74،048 މެންބަރުންނެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި 26،035 މެންބަރުންގެ އިތުރުވުމެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ސަރުކާރަށް ތިން އަހަރު ފުރުނު ދުވަހާ ހަމައަށް އެއްލައްކަ މެންބަރުން ހަމަކުރުމަށް އަމާޒު ހިފި ނަމަވެސް އެ މުއްދަތުގައި އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރުގަދަކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތައް ދިނުމުގައި ޕާޓީއަށް އެންމެ ގިނަ މެންބަރުން ވައްދާ މީހުންނަށް އިސްކަންދީގެންނާއި، ފައިސާ ބަހައިގެންނެވެ. އެގޮތުން ޕީއެންސީއަށް ވަންނަ މީހުންނަށް 500 ރުފިޔާއާއި 2000 ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތައް
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތަކަކީ:
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ): 100،083 މެންބަރުން
- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 53،747 މެންބަރުން
- ޖުމްހޫރީ ޕާޓީ (ޖޭޕީ): 7،751 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ): 5،749 މެންބަރުން
- އަދާލަތު ޕާޓީ (އޭޕީ): 5،530 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ): 2،809 މެންބަރުން
- ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް): 2،536 މެންބަރުން
ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ތިބި މެންބަރުންގެ އަދަދާ އަޅާބަލާއިރު އެންމެ ގިނަ މެންބަރުން ވަކިވެފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން ވަނީ 4،592 މެންބަރުން ވަކިވެފަ އެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް މިދިޔަ އަހަރާ އަޅާބަލާއިރު އަލަށް ވަން މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވެ، 10،000 އަށްވުރެ ގިނަ މެންބަރުން ވަނީ ގުޅިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުން މިހާރު އެ ޕާޓީން ވަކިވަމުންދާކަން ވެސް ފާހަގަކުރެވެ އެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ހުއްޓާލައިފި
24 ގަޑިއިރު ނުވަނީސް ޕީއެންސީގެ މެންބަރުންގެ އަދަދު ދަށްވެއްޖެ
ޕްރިންސް ވިލިއަމްއަށް ބޮލީވުޑްގެ ތަފާތު ތަޖުރިބާއެއް!

ދެންބަލަމާ ހިގާ ރިޔާސީ އިންތިޙާބުގަ މިމީހުނައް ލިބޭނެ ލަޑު ވެރިކަން ވެއްޓޭއިރައް އެމްމެން ދުވެފިލާނެ ދެން ލަލާ
ރިޕްލައި