ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލ. ފޮނަދޫ އަދި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން އިއްޔެ އާންމުކުރި އިއުލާނުތަކުގައި ބުނެފައިވާ ގޮތުގައި، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. އަދި ފޮނަދޫގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
މި މަޝްރޫއުތަކާ ގުޅޭގޮތުން ބީލަންވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނުވަތަ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު [email protected] އަށް ފޮނުވަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ބީލަން ފޮތް ގަތުމަށް އެދޭ ފޯމު އިއުލާނާއެކު ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 6ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެއިތުރުން މި މަޝްރޫއުތަކާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ޖެނުއަރީ 5 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.
ޖެނުރައަރީ 1 ގެ ފަހުން އީރާނަށް ވާނެ ގޮތެއް ބަލާނަން: ޓްރަމްޕް
ކަރެކްޝަންސްގެ އިހުމާލުން ގައިދީއެއްގެ އިނގިއްޔެއް ބުރިކޮށްލައިފި
ވަޒީފާގެ ބިރާއި ފައިސާ ބަހައިގެން ޕީއެންސީން ރެކޯޑެ ގާއިމްކޮށްފި