މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދީ ދޫކޮށްލާފައި ބެހެއްޓުމަށްފަހު، ހާލަތު ގޯސްވެގެން އޭނާގެ ވައަތު ފައިގެ މެދު އިނގިލި ބުރިކޮށްލަން ޖެހިއްޖެ އެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި، 24 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އުމުރުން 29 އަހަރުގެ މި ޒުވާނާ ޖަލުގައި ހުންނަތާ މިހާރު 9 އަހަރު ވެއްޖެ އެވެ. އޭނާގެ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގެން އޮތްއިރު ވެސް، ކަރެކްޝަންސް އިން އެކަށީގެންވާ ގޮތެއްގައި ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައެއް ނުވާކަމަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ. އެގޮތަށް ގިނަ ދުވަސްތަކެއް ވަންދެން މާފުށީ ޖަލުގައި ބޭއްވުމަށްފަހު، ކުއްލިއަކަށް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވައަތު ފައިގެ މެދު އިނގިލި ބުރިކޮށްލާފައިވާކަން ވަނީ އާއިލާއަށް އަންގާފަ އެވެ. ނަމަވެސް އެ އިނގިލި ބުރިކޮށްލަން ޖެހުނު ސީދާ ސަބަބެއް ކަރެކްޝަންސް އަކަށް ކިޔައެއް ނުދެވުނެވެ.
އެ ގައިދީއަކީ ނަފްސާނީ ގޮތުން ބަލިކަށިވެ، މީގެ ކުރިން އެތައް ފަހަރަކު އަމިއްލައަށް މަރުވާން ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ ގޮހޮރުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކުރިން ކޮށްފައިވާއިރު، މިދިޔަ އޮކްޓޫބަރު 26 އިން ފެށިގެން އޭނާ ހުރީ ނުކައި ނުބޮއި ކަމަށް މައުލޫމާތު ލިބެ އެވެ. އެ އޮޕަރޭޝަނަށްފަހު އޭނާ މިހާރު ވަނީ ހުޅުމާލެ ޖަލަށް ބަދަލުކޮށް، ބޭރަށް ނުނިކުމެވޭ ގޮތަށް ގޮޅިއެއްގައި ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ ނަފްސާނީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޖަލުގައި ތިބޭ ގައިދީންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭ މައްސަލައަކީ އާންމުކޮށް ފެންމަތިވާ މައްސަލައެކެވެ. ދާދިފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވެސް ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. އަދި އެ ދަތިތައް ހައްލުކުރުމަށްޓަކައި ކަރެކްޝަންސްއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި ކުދިން ތިބީ ހަނގުރާމައިގެ ވެށީގަ
ޕްރިންސް ވިލިއަމްއަށް ބޮލީވުޑްގެ ތަފާތު ތަޖުރިބާއެއް!
ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ
