ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފި އެވެ.

އެ އިދާރާއިން ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ސަބަބުން ރާއްޖޭގެ ކަނދުތައް ގަދަވެ ވައި ބާރުގަދަ ވާނެ ކަމަށެވެ. ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ދީފައިވާ ނަމަކީ "ޔަސް" އެވެ. އެ ތޫފާން ދަތުރު ކުރަމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓު އޮފީހުން ބުނީ، ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ސީދާކޮށް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މެޓުން ބުނީ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.