ދާރުއްސަލާމް (23 މެއި)- އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި 50 އަށްވުރެ ގިނަ ޔަހޫދީން މިދިޔަ އާދިއްތަ ދުވަހު މަސްޖިދުލް އަގްސާގެ ގޯތި ތެރެއަށް ވަދެފި އެވެ.
މަސްޖިދުލް އަގްސާއަކީ ފާއިތުވެ ދިޔަ ދެ ހަފުތާތެރޭގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާ އަދި އިޒްރޭލް ސިފައިންގެ އަނިޔާވެރި ހަމަލާތަކުގެ އަމާޒަކަށްވެފައިވާ ސަރަހައްދެކެވެ.
އެގޮތުން އެ ސަރަހައްދުގައި އެ ވަގުތު ތިބި ފަލަސްތީނުގެ ބައެއް މުސްލިމުން ފުލުހުން ވަނީ އެ ސަރަހައްދުން ބޭރުކޮށްފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.
އިޒްރޭލުގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮސެންފެލްޑް ބުނެފައި ވަނީ މަސްޖިދުލް އަގްސާއަކީ އާއްމުންނަށް މިހާރު ހުޅުވާލާފައިވާ ސަރަހައްދެއް ކަމަށާއި އާއްމުންނާއެކު ފުލުހުން ދިޔައީ އެ މީހުންގެ ސަލާމަތަށްޓަކައި ކަމަށެވެ.
މިއީ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ ފަހުން ޔަހޫދީން މަސްޖިދުލް އަގްސާއަށް ވަންނަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ފަހަކަށް އައިސް މަސްޖިދުލް އަގްސާއަށް ޒިޔާރަތްކުރާ ޔަހޫދީ ކާހިނުންނާއި ދީނީ އިލްމުވެރިން ވަނީ އިތުރުވެފަ އެވެ.
އެ މީހުންގެ މަގުސަދެއްކަމުގައި ބެލެވިފައި ވަނީ މަސްޖިދުލް އަގްސާ ހިފައި އެއީ ޔަހޫދީ ތަނެއްގެ ގޮތުގައި ފަލަސްތީނު ރައްޔިތުންގެ އަތުން އަތުލުމެވެ. –-އަލް އަރަބިއްޔާ
ޢިސްރާއީލާ ދެކޮޅައް ހުރިހާ މުސްލިމުން އަޑު އުފުލަމާ ހިނގާ. މުސްލިމުންގެ ބާރު މުޅި ދުނިޔެއައް ދައްކަމާ ހިނގާ. މުޅި ދުނިޔޭގައި އެންމެ އަދަދު ގިނައީ މުސްލިމުން.