ކޮވިޑް ޖެހިގެން ބ. އޭދަފުށިން މިއަދު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު އިރުއޮއްސި 6:00 ގައި ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 77 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި 158 ވަނަ މީހާ އެވެ.
މި މަހުގެ މިހާތަނަށް މި ބަލީގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވެސް ވަނީ ނިންމާފަ އެވެ.
މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލޭގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ފުލުހުން ދޭ ޚާއްސަ ފާހަކާ އެކު ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
