މިއަހަރު ނިމިގެންދާނީ ޓޫރިޒަމްގެ ކާމިޔާބީ އަހަރެއްގެ ގޮތުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓީވީ (ޕީއެސްއެމްގައި) ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިޒަމަށް ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް ބޯޑަރު އަލުން ހުޅުވުމަށްފަހު އަހަރު ނިންމާލާނީ ޓޫރިޒަމްގެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ، މައުސޫމް ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުން މިހާރު ޔޫރަޕުން ޓޫރިސްޓުން ނާންނަ ކަމަށެވެ. އަދި ރާއްޖެ އޮތީ ވަރަށް މަގުބޫލުތަނެއް ގޮތުގައި ފަތުރުވެރިންގެ މެދުގައި އިސްތިހާރު ވެފައި ކަމަށާއި ޔޫރަޕުން ޓޫރިސްޓުން ނަޔަސް މަގުބޫލު ކަމަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން ކުރަންވީ ކަމަކީ ކޮވިޑް ނަމްބަރުތައް ދަށްކޮށްލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޔޫރަޕުން ރާއްޖެއަށް ރަތް ކާޑު ދައްކައިފައި އެ އޮތީ، އެއީ ރާއްޖޭގެ ނިސްބަތުން މިހާރު ކޮވިޑް ނަމްބަރު އިތުރުވެފައި ވާތީ އެމީހުންގެ އސޫލުތަކުން އަޅާފައިވާ ފިޔަވަޅެއް. އެހެންވީމަ އަޅުގަނޑުމެން ހަމަ ކޮވިޑް ނަމްބަރު މަދު ކުރަން މަސައްކަތް ކުރަންވީ. އެރުން ބޭރު ގައުމުތަކުން ދޫދޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް ނަމްބަރުތައް ދަށް ވުމުން ފަތުރުވެރިކަން އޮޓޯއިން ރަނގަޅު ވާނެ ކަމަށެވެ.
އިޔޮރަޕް މިހާރު ރަތަށް އަރަނީ. ރަތް ކާޑު ދައްކަންޖެހޭ ނެހެން ހީވަނީ