ނެޓްފްލިކްސް އިން ދެއްކި 365 ޑޭސް ފިލްމުގައި ލީޑު ރޯލު ކުޅެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އިޓަލީގެ އެކްޓަރު މިޝޭލް މޮރޯން ބޮލީވުޑްއަށް އަންނަން އުޅޭ ކަމުގެ އަޑުތައް އަރައިފި އެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރަން މައިކަލް ޝައުގު ފާޅުކުރިތާ އަހަރެއް ފަހުން އިންޑިއާގެ ކާމިޔާބު ޕްރޮޑިއުސަރު ކަރަން ޖޯހަރު މި ވަނީ އޭނާއަށް ބޮލީވުޑަށް އަންނަން ދައުވަތު ދީފަ އެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ދަށުން ހިންގާ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ދަރްމަޓިކް އެންޓަޓެއިންމަންޓުން އުފައްދާ އާ ފިލްމަށް މިޝޭލްއާ ވާހަކަ ދެކެވެމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.

ހުރިހާ ކަމެއް ރާވައިފައިވާ ގޮތަށް ދާނަމަ މިޝޭލްގެ ސަޕޯޓަރުންނަށް ބޮލީވުޑްގެ ފިލްމަކުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

365 ޑޭސްގައި މަސިންމޯގެ ރޯލުން ފެނިގެން ދިޔަ މިޝޭލް ވަނީ އޭނާގެ އެކްޓިން އިން ގިނަ ބައެއްގެ ހިތް އަތުލާފަ އެވެ. އެ ފިލްމުގައި އޭނާ ބުނި ޑައިލޮގެއް ކަމަށްވާ " އާ ޔޫ ލޮސްޓް ބޭބީ ގާލް" އަކީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޑައިލޮގެކެވެ.

365 ޑޭސްގެ ދެވަނަ ބައެއް އުފައްދާނެ ކަމުގެ އިޝާރާތެއް ޕްރޮޑިއުސަރުން ދީފައި ވީ ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެއް ނުވެ އެވެ.