ކެލިފޯނިއާ (06 ޖޫން) - އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި އަންހެނުން މޭގަން މާކަލް އެ ދެ މީހުންގެ ދެވަނަ ދަރިފުޅަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

އެ ދެ މީހުންގެ ފަރާތުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ޕްރިންސް ހެރީގެ ދެމަފިރިން ވިދާޅުވީ ހުކުރު ދުވަހު ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި މޭގަން ވިހާފައިވާ ކަމަށާއި ލިބުނީ އަންހެން ކުއްޖެއް ކަމަށެވެ. އަދި މޭގަން އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް އެ ބަޔާނުގައިވެ އެވެ.

ޕްރިންސް ހެރީގެ ދެމަފިރިންނަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ލިލިބެޓް ޑަޔާނާ އެވެ. ލިލިބެޓްއަކީ ޕްރިންސް ހެރީގެ މާމާ އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެވެ. އަދި ޑަޔާނާގެ ނަން މެދު ނަމެއްގެ ގޮތުގައި ލިލީއަށް ދީފައި ވަނީ ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާގެ ހަނދާނުގަ އެވެ.

ޕްރިންސް ހެރީއާއި މޭގަންއަށް މީގެ ކުރިން ފިރިހެން ކުއްޖަކު ލިބިފައިވާއިރު އާޗީއަށް މިދިޔަ މަހު ވަނީ ދެ އަހަރު ފުރިފަ އެވެ.

ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން މޭގަން އާއި ޕްރިންސް ހެރީ ހާމަކުރީ ފާއިތުވި ފެބުރުއަރީ މަހު ނެރުނު ބަޔާނެއްގަ އެވެ..-- އޭބީސީ ނިއުސް