ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ މަޝްހޫރު މާދިހު އިސްމާއިލް ރޭ ކުއްލި ގޮތަކަށް ނިއާވެއްޖެ އެވެ.
އެތުލެޓިކްސް އެސޯސިޝޭޝަންގެ ނައިބު ރައީސްކަމާއި ކްރިކެޓާއި ފުޓްބޯޅައިގެ އެކިކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ މާދިހު 51، ނިއާވީ އައިޖީއެމްއެޗްގަ އެވެ. .
މާދިހުގެ ޖަނާޒާ އޮތީ މިއަދު ހެނދުނު އާ ސަހަރާގަ އެވެ.
މިއަހަރުގެ ކުރީކޮޅު މާޒިޔާ ސްޕޯޓްސްގެ ސައިކޯތެރަޕިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެ ކްލަބުގެ އެންމެ މުހިންމު އެއް މެމްބަރު ނިއާވުމާ ގުޅިގެން އެ ކުލަބުން ވަނީ ހިތާމަފާޅުކޮށްފަ އެވެ. އެ ކުލަބުން ބުނީ މާދިހުއަކީ ކުޅުންތެރިންނާއި އޮފިޝަލުންނާ ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ މީހެއް ކަމަށެވެ. އަދި އޭނާ ވަކިވެގެންދިއުމަކީ ކުލަބަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މާދިހުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް މާޒިޔާއިން ބުންޏެވެ.
މާދިހު އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ބޭބެ އެވެ. މާދިހުގެ ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިސްމާއީލް ޒަކަރިއްޔާ އެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 ވަނަ ދުވަހު ކޮވިޑް އާލާސްކަންފުޅުގައި އިސްމާއީލް ވަނީ އަވަހާރަވެފަ އެވެ.