ސަރުކާރުން ދޫކޮށްފައިވާ މަތީ ތައުލީމުގެ ލޯނު ނުވަތަ ސްޓޫޑެންޓް ލޯން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާ އެކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު މިއަަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ފަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ސަރުކާރުން ނިންމެވިއިރު މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްޑޫ ފްލައިން ސްކޫލުން ކިޔަވަމުންދާ 15 ދަރިވަރެއްގެ ލޯނަށް ލުއިދީފަ އެވެ. އެ 15 ދަރިވަރުންނަށް ލުއި ދިނީ ރައީސް ސޯލިހުގެ އެދުމުގެ މަތިންނެވެ.
އެހެންކަމުން މިހާރު ދަރިވަރުން އެ ލޯނުތަކުގެ ފައިސާ ދައްކަން ޖެހޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ ފައިސާ ދަރިވަރުން މިނިސްޓްރީއަށް ދައްކާއިރު އެއްވެސް އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!