އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން ގެންނަ، ގަތަރު އެއާވޭސް އިން ރާއްޖެއަށް ބާއްވާ ފްލައިޓްގެ އަދަދު އިތުރުކުރަން ނިންމައިފި އެވެ.
ގަތަރު އެއާވޭސްއިން ބުނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިހާރު ރާއްޖެއަށް ބާއްވަނީ ދުވާލަކު ތިން ފްލައިޓެވެ.
މެދުއިރުމަތީގެ އެންމެ ފެންވަރު ރަނގަޅު އެއް އެއާޕޯޓު ކަމަށްވާ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ބާއްވާ މި ފްލައިޓްތައް އޮންނާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގަތަރު އެއާވޭސްއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ.
ގަތަރު އެއާވޭސްއަކީ ސްކައި ޓްރެކްގެ ފައިވްސްޓާ ކޮވިޑް-19 ސްޓޭންޑަޑް ގާއިމް ކޮށްފައިވާ އެއާލައިން އެކެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުވަ ޗާޓަރާއެކު ރާއްޖެއަށް މިހާރު 28 އެއާލައިނެއް ދަތުރެ އެވެ.
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
މާލޭގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީން ހުރަސްއަޅައިފި
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި