އިންޑިއަން ޓެލެވިޒަން އެކްޓްރެސް އަނީތާ ހަސަނަންދާނީ އެކްޓިން ހުއްޓާލީ ކަމަށް ބުނެ ދައުރުވަމުންދާ ހަބަރުތައް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ބުނެފި އެވެ.

އެކްޓިން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއްކަން ހާމަކުރުމުގެ ގޮތުން އަނީތާ ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ އެކްޓިންއާ ދުރަަށް ނުދާ ކަމަށެވެ.

ދަރިފުޅު އާރަވްއަކީ އަނީތާގެ ދިރިއުޅުމުގެ މިހާރު އެންމެ މުހިންމު ހިއްސާކަމާއި އަދި މި ވަގުތު ބޭނުން ވަނީ އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅާއެކު ހިއްސާކުރުމަށް ކަމަށް ވެސް އަނީތާ ވަނިީ ބުނެފަ އެވެ. މި ވަގުތު އަދި އެކްޓުކުރުމަށް ތައްޔާރު ނޫން ކަމަށާއި ތައްޔާރުވުމުން އެކްޓިން އާ ގުޅޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަނީތާ އާއި އޭނާގެ ފިރިމީހާ ރޯހިތް ރެޑީ އަށް އަލަތު ދަރިފުޅު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އަނީތާ މަޝްހޫރުވެގެން ގޮސްފައިވަނީ ޔޭހޭ މޮހޮއްބަތޭން އަދި ނާގިން ފަދަ ޑްރާމާ ސިލްސިލާ ތަކުންނެވެ. ކަތްރޯކީ ކިލާޑީ ، ޖަލަކް ދިކްލާޖާ އަދި ނަޗްބަލިއޭ ފަދަ ރިއަލިޓީ ޝޯ ތަކުން ވެސް އަނީތާ ވަނީ ފެނިގެން ގޮސްފަ އެވެ.