އިންޑިއާގައި ސެލްފީ ނަގަން އުޅެނިކޮށް އަނެއްކާ ވެސް ކުއްޖަކު މަރުވެއްޖެ އެވެ.
އުމުރުން ބާވީސް އަހަރުގެ ނިހާ އާސޭ މީގެ ދެ ދުވަސް ކުރިން މަރުވެފައި ވަނީ އިންޑޯގެ ރަޖަންދުރަ ބުރިޖަކުން ވެއްޓިގެންނެވެ.
ނިހާ މަރުވެފައިވަނީ ކޮލެޖު ބަންދުގައި އޭނާގެ އުފަން ވިލެޖަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުމުގެ ތެރޭގައި އޭނާގެ ބޭބެއަކާއެކު ހިނގާލަން ނުކުމެ އުޅެނިކޮށް، ބުރިޖު ކައިރީ ހުރެ ސެލްފީ ނަގަން އުޅުމުގެ ތެރޭގަ އެވެ.
ނިހާ އެތަނުގައި މަޑުކޮށްލައިގެން ހުރި ވަގުތު އޭނާގެ ބޭބެ ދިޔައީ ކައިރީގައި ހުރި ފިހާރައަކަށް އެއްޗެއް ގަންނަން ކަމަށާއި، އޭނާގެ ބޭބެ ފިހާރައިން އެނބުރި އައިއިރު ނިހާ އޮތީ ބްރިޖު މަތިން ވެއްޓިފައި ކަމަށްވެ އެވެ. އަދި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް، އޭނާ ބެލި ޑޮކްޓަރުން ބުންޏެވެ.
އާއިލާއިން ބުނިގޮތުގައި ނިހާ ބްރިޖް މަތިން ވެއްޓިފައި ވަނީ ފައި ކައްސައިލައިގެން ކަމަށް ބެލެވެ އެވެ. ނިހާއަކީ މަދްޔަޕުރަދޭޝްގެ އިންޑޯގައި މެޑިކަލްގެ ފަހު އަހަރު ކިޔަވަމުން އައި ދަރިވަރެކެވެ.
އުފަން ދުވަސްތަކުގައި ކޭކު ފެޅުން ފެށިގެން އައީ ކިހިނެއް؟
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް: އީރާން