އެޕަލް ޓީވީގެ އޮރިޖިނަލް އުފެއްދުމެއް ކަމަށްވާ "ދި މޯނިން ޝޯ"ގެ ސީޒަން 2 ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ދި މޯނިން ޝޯގެ ސީޒަން 2 ގެ ޓްރެއިލާއިން ފެނިގެންދަނީ ނިއުޔޯކު ބްރެކުފާސްޓް ޕްރޮގުރާމްގެ ޓީވީ ސެޓުގައި ހިންގާ ނޭދެވޭ ޖިންސީ ގޯނާގެ އަމަލުތަކުގެ ވާހަކަ އެލެކްސް ލެވީ (ޖެނިފާ އެނިސްޓަން) އަދި އަލަށް އެޕްރޮގްރާމް ހުށަހަޅައިދޭން އަންނަ ބްރެޑްލީ ޖެކްސަން (ރީސް ވިތާ ސްޕޫން) ފަޅާއަރުވާލާ މަންޒަރެކެވެ. އަދި ޕްރޮގުރާމް ހުށަހަޅައިދޭ ޕްރެޒެންޓަރެއް ކަމަށްވާ އެލެކްސް ލެވީ އަދި އަލަށް އެ ޕްރޮގްރާމް ހުށަހަޅައިދޭން އަންނަ ބްރެޑްލީ ޖެކްސަން އާއި އޮށްނަ ވާދަވެރިކަން ފެނިގެންދެ އެވެ.

މީގެ އިތުރުން އެލެކްސް މޯނިންގް ޝޯ ދޫކޮށް ދިއުމުން ޗެނެލްގެ އެގްޒެކެޓިވް އެލެކްސް އަނބުރާ ޝޯއަށް ގެނައުމުގެ މަސައްކަތް ކުރާތަން ވެސް ފެނިގެންދެ އެވެ.

އޭރު ބްރެޑްލީ އެރިކް (ހަސަން މިނާޖް) އާއެކު ޝޯ ކުރިއަށް ގެންދާތަން ފެނިގެންދެ އެވެ.

މި ޝޯގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޫލިއާނާ މާގުލީޒް, ގްރެޓާ ލީ, ތާރާ ކަރްސިއަންގެ އިތުރުން ވެލޭރިއާ ގޮލީނޯ ހިމެނެ އެވެ.

މި ޝޯ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ހަފްތާއަކު އެއް އެޕިސޯޑުގެ އުސޫލުން އެޕަލް ޓީވީއިން ލައިވް ސްޓްރީމް ކުރެވޭނެ އެވެ.