ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް"އިން އޭނާ ފެނިގެން ނުދާނެ ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

ބޮލީވުޑްގެ ސުޕަ ސްޓާ އަކްޝޭ ކުމާރުގެ "ބެލްބަޓަން" ޖުލައި 27ގައި ސިނަމާއަށް އަންނައިރު އަކްޝޭގެ އިތުރު ޕުރޮޖެކްޓެއްގެ ވާހަކަ ވެސް ދަނީ ދެކެވެމުންނެވެ.

ޕިންކްވިލާއިން ބުނެފައި ވަނީ އަކްޝޭ އާއި ސުނިލް ޝެޓީގެ ދަރިފުޅު އަހާން އާއެކުގައި ސާޖިދް ނަޑިއަޑްވާލާގެ ފިލްމަކުން ފެނިގެންދާނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް އެވާހަކައަކީ ދޮގު ހަބަރެއް ކަމަށް އަކްޝޭ ވަނީ މީޑިއާގައި ބުނެފަ އެވެ.

ސުނިލް ޝެޓީއާ އަކްޝޭއަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާ ފައިވާ "ދަޅްކަން" އަދި "ހޭރާ ޕޭރީ" އިން ފެނިގެން ގޮސްފައިވާ ދެ ތަރިންނެވެ.

އަހާން ފިލްމީ ދާއިރާއަށް ނިކުންނަނީ ސާޖިދު ނަޑިއަޑްވާލާގެ "އަޅަޕް" އިން ތާރާ ސުތާރިއާ އާއެކުއެވެ. މިފިލްމަކީ 2018ގެ ޓެލެގޫ ބުލޮކް ބަސްޓައެއް ކަމަށްވާ އާރުއެކުސް 100ގެ ރިމޭކް އެކެވެ.

މިލަން ލުތްރިޔާގެ ޑައިރެކްޝަނަކަށް އުފައްދާ މިފިލްމު ސެޕްޓެމްބަރުގައި ރިލީސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.