ބޭރުގެ ޔޮޓެއް ހާލުގައި ޖެހި މާލެ ބަނދަރަށް ވަނުމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ހާލުގައި ޖެހިފައިވާ ޔޮޓެއް މާލޭ ބަނދަރަށް ވަނުމުން އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއިން ހިއްސާކުރުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެ މައުލޫމާތު ސިފައިން ދިނީ ހަވީރު ފަހެއް ޖެހިއިރު ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ ލޯކަލް އެޖެންޓެއް މެދުވެރިވެގެން އެކަން ބަލަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޔޮޓް މިހާރު ހުޅުމާލެއަށް ދަތުރުކުރަމުންދާ ކަމަށެވެ.
އެއީ ކޮން ގައުމެއްކަން ޔޮޮޓެއްކަން އަދި ކަމާގުޅޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
ކަރަންގެ އިންސްޓަގްރާމުން ޝާހުއާއި އާލިއާ އަންފޮލޯ ކުރީ ކީއްވެ؟
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި