ހުޅުމާލޭ ވަގުތީ މިސްކިތުގައި މިރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ 171 ނަންބަރު ފްލެޓް ކައިރީ ހުންނަ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް މީހަކު މިރޭ އުނދަގޫ ކުރި ކަމަށެވެ. އަދި އެކަންތައް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މެދު އެމީހާ މަރާމާރީ ހިންގި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިރޭ 18:38 ހާއިރު ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މިސްކިތުގައި ހިނގި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
ޒުވާންކޮށް ހުރުމަށް މާފަސޭހަ ގޮތެއް!
އަމިއްލަ ގެއަށްވުރެ މައިބަފައިންގެ ގެ ކަމުދަނީ ކީއްވެ؟
