އަބޫދާބީ (04 ޖުލައި) - ކުއްލި ހާލަތުގައި ބޭނުން ކުރުމަށް މޮޑާނާ ކުންފުނީގެ ކޮވިޑް-19 ވެކްސިންއަށް ޔޫއޭއިން ހުއްދަ ދީފައިިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
މި ނިންމުން ނިންމާފައި ވަނީ އެ ގައުމުގައި އެ ވެކްސިން ބޭނުންކުރުމުގެ ކުރިން ހެދި ކްލިނިކަލް ޓްރަޔަލްތަކަށާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެ ގައުމުގައި ވެސް އެ ވެކްސިންއަށް ހުއްދަ ދޭން ނިންމުމާ ގުޅިގެންނެވެ.
ޔޫއޭއީއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ހަލުވި ވެކްސިން ކެމްޕެއިން ކުރިއަށް ގެންދާ އެއް ގައުމެވެ. އެ ގައުމުގައި މިހާތަނަށް 15.5 މިލިއަން ވެކްސިން ޑޯޒް ދީފައިއިރު، އެ ގައުމުގެ އާބާދީގެ 63.7 ޕަސެންޓަށް ވަނީ ކޮވިޑް-19 ވެކްސިންގެ އެއް ޑޯޒް ވެކްސިން ދީފަ އެވެ.
މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ހުއްދަކުރުމާއެކު ތިންވަނަ ޑޯޒަކަށް ހުއްދަ ދިނުމުގެ ސަބަބުން އެ ގައުމުގެ މި އަދަދުތައް އިތުރަށް މައްޗަށް ދާނެ ކަމަށް އޮފިޝަލުން އަންދާޒާ ކުރެ އެވެ.
މޮޑާނާ ވެކްސިންއަކީ ޔޫއޭއީގައި ބޭނުން ކުރުން ހުއްދަ ދެވުނު ފަސްވަނަ ވެކްސިން އެވެ. މީގެ ކުރިން އެ ގައުމުގައި ބޭނުންކުރި ވެކްސިންތަކުގެ ތެރޭގައި ފައިޒާ އާއި ޗައިނާގެ ސިނޮފާމް ހިމެނެ އެވެ. – އަލް އަރަބިއްޔާ