ޖެނީވާ (09 ޖުލައި) - އެމްއާރުއެންއޭ ވެކްސިންތަކުން ލިބިދޭ ފައިދާތައް އެއިން ލިބޭ ގެއްލުން ތަކަށްވުރެ މާބޮޑު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
އެގޮތުން އެ ވެކްސިންތަކުން ލިބޭ ރައްކާތެރިކަން އޭގެ ސަބަބުން ކުރިމަތިވާ އެހެން ސިއްހީ މައްސަލަތަކަށްވުރެ މާ ބޮޑުކަމަށް ޑަބްލިއުއެޗްއޯގެ އެޒްވައިޒަރީ ޕެނަލަކުން ވަނީ ބުނެފަ އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވާގޮތުން ހިތުގެ ބަލިތަކެއް ކަމަށްވާ މަޔޯކަރްޑިޓިސް އަދި ޕެރިކާރްޑިޓިސްގެ މައްސަލަ އާއްމުކޮށް ކުރިމަތިވަނީ އެމްއާރުއެންއޭ ވެކްސިންގެ ދެޑޯޒު ޖަހާފައިވާ ޒުވާން ފިރިހެނުންނަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނާގޮތުން އެމްއާރުއެންއޭ ވެކްސިން ޖެހި މީހުންގެ ތެރެއިން ވެކްސިނަށްފަހު ސިއްހީ އުނދަގޫތައް ކުރިމަތިވީ މަދު އިންސައްތައެއްގެ މީހުންނަށް ކަމަށާއި އެހެންކަމުން އެއީ ރައްްކާތެރި ވެކްސިންއެއް ކަމަށް ބުނެވިދާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ މި ބަޔާނުގެ ކުރިން ޔޫރަޕްގެ ޑްރަގް ރެގިއުލޭޓާ އޭޖެންސީއިން ވަނީ އެމްއާރުއެންއޭ ވެކްސިންތަކާއި ބައެއް ހިތުގެ ބަލިތަކާ ގުޅުމެއްވާ ކަމަށް ބުނެފަ އެވެ.
އެމްއާރުއެންއޭ ވެކްސިންތަކުގެ ތެރޭގައި ބައޯންޓެކްގެ ފައިޒާގެ އިތުރުން މޮޑާނާ އަދި ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ހިމެނެ އެވެ. --އަލް އަރަބިއްޔާ
2020 ދުނިޔޭގެ އިންސާނުނަށް ލިބުނުހާވެސް އެއްޗަކީ ޕިޢާރުސީ ޓެސްޓް ކިޔާ ޓެސްޓް ހަދާ މެޝިނެއް ނުންތޯ ؟، ޑަބްލިއުއެޗްއޯ އަކީ ވެކްސިން ވިއްކާ ވިޔަފާރިވެރިން ހިންގާ އޯގަނައިޒޭޝަނެއް ނުންތޯ ؟