ބޮމެއް ގޮއްވާލައިގެން ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު އެނގިތިބެ ފުލުހުންނާ ހިއްސާ ނުކުރުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މެއި ހަ ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު ފަސް މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހަމަލާގެ ސަބަބުން ނަޝީދު ހަށިކޮޅު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނާގޮތުން ބޮމުގެ ހަމަލާގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.
ނަޝީދު އަވަހަރާކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީ އަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމުން ވަނީ، ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ހިއްސާނުކުރުމުން މާރިޔާ އާއި އިލްޔާސްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުން ރަސްމީ ބަހެއް ނުބުނެ އެވެ. 2015 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވާގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ އެވެ.
އެ ގާނޫނުގައި ބުނާ ގޮތަށް ޓެރަރިޒަމްގެ އަމަލަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ދޭންވާ ފަރާތަކަށް ނުދީ އޮއްވައި އެފަދަ ކަމެއް ހިނގައި މީހަކު މަރުވެއްޖެ ނަމަ އިހުމާލުވި ފަރާތެއް 5-7 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ 3-5 އަހަރަށް ޖަލަށް ލެވޭނެ އެވެ. މީގެ އިތުރުން މުދަލަށް ލިބޭ ގެއްލުމަށް ބަލައި 100،000ރ. އާއި 500،000ރ. އާ ދެމެދުން ޖޫރިމަނާކުރުމާއި އެހެން ހާލަތްތަކުގައި ގިނަވެގެން ހަ މަހަށް ޖަލަށް ލުމަކީ ވެސް ކަނޑައަޅާފައިވާ އަދަބުތަކެވެ.
ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސް ވަނީ މާރިޔާއާ ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް މާރިޔާ އެކަން ފުލުހުންނާއި ސިފައިންނަށް ހިއްސާކޮށްފައި ނުވެ އެވެ. އިންކުއައިރީ ރިޕޯޓުގައި ބުނެފައި ވަނީ، މާރިޔާ އެ މައުލޫމާތު މައުލޫމާތު އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަ ނަޝީދަށް އިތުރު ރައްކާތެރިކަން ދިނުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ތިކަން ނުބަލަންވީމަ ބަކަ ތަޅަނީ
ކަނޑުކޮސް މާރިޔާ.........ޖެހޭނެ ޒިންމާ ވާން.