މިނިމަމް ވޭޖް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަނެއްކާ ވެސް ދެއްވައިފި އެވެ.
މިއަދު ޕޮލިޓެކްނިކްގައި ކުރިއަށް ގެންދިޔަ ފަންނީ ހުނަރުވެރިންގެ މަސައްކަތްތެރިންގެ ހުނަރު އިމްތިހާނުކޮށް ގައުމީ ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖަކާ ދިމާލަށް ދިއުމަށް ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މިވަގުތު އެބަހުރި ކަމަށެވެ. ހަމަ އެހެންމެ މުޅި ދުުނިޔެވެސް އޮތީ ވަރަށް އުނދަގޫ މަރުހަލާއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަތި އުނދަގޫ ދަނޑިވަޅެއް އޮތަސް އުއްމީދު ކުރައްވަނީ އަންނަ ހަފްތާގައި މިނިމަމް ވޭޖެއް އިއުލާންކުރެވިގެން ދިއުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. ފުރަތަމަ މިމިމަމް ވޭޖް އިއުލާންކުރާއިރު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހުންނާނެ ކަމަށާއި ފަހުން އެކަންތައް ހައްލުވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
މިދޔަ މެއި މަހު ފައްޔާޒު ވިދާޅުވެފައި ވަނީ، މިނިމަމް ވޭޖް ކަނޑައަޅައި މިއަހަރު ނިމުމުގެ ކުރިން ތަންފީޒު ކުރެވޭވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފަ އެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.
އަނެށްކާާ ކޮސް އަނގަ ތަޅަން ފެށީ. ތިކަންވެސް އާހިރުގާ ވާނީ ދިވެހިރާޖޭގާ ގަވާދާ ހިލާފަށް އުޅުށްވާ ބަގުލަދޭސް ބޭފުޅުން ރަަށަށް ފޮނުވުމަށްވީހެން. ..ތިކޮސް އަނގަތަޅާތާ މިހާރު 3 އަހަރުވަނީ .. އަލްއުސްތާޒު ތިޔަށް ވުރެ ރަގަޅުވާނެ މިސްކިތުގާ ކިޔަވާ ވިދާޅުވާން އިންނެވިޔަކަސް....އެށްވެސް ކަމެއްރަގަޅަށްއަބަވޭތޯ ...ކޮވިޑުގާދިންލުޔަކީ ރިސޯޓުމުއަށްޒިފުށްނަށް ދިންބޮޑުލަޑެށް 02ޑޯޒުވެކުސިންޖަހާގެން 750ރުފިޔާދީގެން ޕީސީއާރުޓެސްޓުހަދާޖެހެނީ ކިހާސަޅި ...އަދިސަޅިކަމަކީ ޓެސްޓުގެނަތީޖާލިބެނީ72ގަޑިއިރުވާފަހުން ކިހާމޮޅު