މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނުކުރާނެކަމަށް އިސްލާމިކް މިިނސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިއަހަރުގެ ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ ކަމަށާއި އެހެން ނަމަވެސް މިސްކިތްތަކުގައި ގައިދުރުކަމާއެކު އީދު ނަމާދުކުރާނެ ކަމަށެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ނުވަތަ ބަލީގެ ކޭސްއެއް ނެތް ރަށް ރަށުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދައަށް އެދިއްޖެނަމަ، އެ ހުއްދަ ދޭނެ ކަމަށެވެ.
ކޮވިޑް-19ގެ ކޭސްތަށް އިތުރުވުމުގެ ކުރިން މިދިޔަ މޭއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ.
ނަމަވެސް ބަލީގެ ކޭސްތަށް މަދުވެ، ޖޫން މަހުގެ ތެރޭގައި ލުއިތައް ދިންއިރު، ޖަމާއަތުގައި ނަމާދު ކުރުމަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
އިންޑއާގެ ހުއްދައެއް ނެތް