އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން ހުޅުމާލޭގެ ތިން ގެސްޓްހައުސްއެއް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ގެސްޓުހައުސްތަކުން ދެކުނު އޭޝިއާގެ ފަތުރުވެރިން ދިގު މުއްދަތަކަށް އެކޮމޮޑޭޓު ކޮށްފައިވާ ކަމަށާއި އެއީ ގައިޑްލައިނާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން 15 ދުވަހުގެ މުއްދަތަށް އެ ގެސްޓްހައުސްތައް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ގެސްޓުހައުސްތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. އެއީ ގަވާއިދާ ހިލާފަށް ގެސްޓުހައުސްތަކުން ފަތުރުވެރިން އެކޮމޮޑޭޓް ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފެށި އިންސްޕެންޕެކްޝަނެކެވެ.

މީގެއިތުރުން ގައިޑްލައިނާ ހިލާފުވެގެން މާލޭގެ ދެ ގެސްޓްހައުސްއަކަށް ވަނީ ނަސޭހަތްދީފަ އެވެ.