ސޯސަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ އާއި ވީޑިއޯ ހުރުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ.
ފިލްމީ ދާއިރާގެ ފަންނާނުންގެ ދިރިއުޅުމާ ޒާތީ ކަންތަކާ ބެހޭ ގޮތުން އެ ތަރިންގެ ނަމަށް ހުތުރުވާ ގޮތަށް ވެސް މީޑިއާތަކުގައި ދަނީ ހަބަރު ފަތުރަމުންނެވެ. ބައެއް ތަރިން ދިރިތިއްބާ މަރުގެ ހަބަރު ވެސް އާންމުވަނީ މަދަކުންނޫނެވެ.
މީގެ އަހަރުތަކެއް ކުރިން ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯއެއްގައި ސައުތުގެ ފިލްމުތަކުން އަދި ބޮލީވުޑްގެ ސުޕަ ހިޓް ފިލްމުން ފެނިފައިވާ ސިދާތު މަރުވެފައިވާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ޔޫޓިއުބްގައި އާންމުކުރި ޒުވާން އުމުރުގައި މަރުވެފައިވާ ސައުތުގެ 10 އެކްޓަރުން" ޖަހާފައިވާ މި ވީޑިއޯގައި ސިދާތު ޒުވާން އުމުރުގައި މަރުވެފައިވާ ކަމަށް ވަނީ ބުނެފައިވެ އެވެ.
ތިން އަހަރު ކުރީގެ މި ވީޑިއޯ ވަނީ އަހަރުތަކެއް ކުރިން ސިދާތުއަށް ފެނި ޔޫޓިއުބްގައި މައްސަލަ ވެސް ޖައްސާފަ އެވެ.
ޖުލައި 18 ވަނަ ދުވަހު ސިދާތު ކުރި ޓުވީޓެއްގައި ތިން އަހަރު ކުރިން އާންމު ކުރި މި ވީޑިއޯގެ މައްސަލަ ޔޫޓިއުބްގައި ކުރުމުން އެ މީހުންގެ ޖަވާބުގައި މި ވީޑިއޯގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބުނެފައިވާ ކަން ސިދާތު ވަނީ ހާމަކޮށްފަ އެވެ.