އިންސްޓަގްރާމްގައި ހިއްސާ ކުރެވޭ ފޮޓޯތަކާއި ވީޑިއޯތައް އެހެން އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮޕީރައިޓްގެ ގަވާއިދެއް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިންސްޓަގްރާމްއިން މިހެން ބުނެފައި ވަނީ އެ ޕްލެޓްފޯމްގައި ފޮޓޯގްރާފަރުން ހިއްސާކުރާ ފޮޓޯތައް ކޮޕީރައިޓް ހުއްދައަކާ ނުލައި އެހެން ވެބްސައިޓްތަކާއި އޮންލައިން ލިޔުންތަކުގައި ބޭނުންކުރާ ކަމަށް ބުނެ އެ މީހުން ފަށާފައިވާ ކެމްޕެއިންއަކަށް ރައްދުދެމުންނެވެ.
އިންސްޓަގްރާމްގެ ވަކީލުން ބުނެފައިވަނީ އެހެނިހެން ވެބްސައިޓްތަކާއި އޮންލައިން ޕަބްލިކޭޝަންތަކުގައި އެ ޕްލެޓްފޯމްގެ ޕޯސްޓްތައް އެމްބެޑް ކުރުމަކީ އެކުންފުނީގެ ޒިންމާއެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ފޮޓޯގްރާފަރުންގެ ވަކީލުން ބުނެފައި ވަނީ އިންސްޓަރްރާމް އާއި ވެބްސައިޓްތަކާ ދެމެދު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ޕްލެޓްފޯމްގައި ޝާއިއުކުރެވޭ ފޮޓޯތަކާއި ވީޑިއޯތައް ފޮޓޮގްރާފަރުންގެ ހުއްދައަކާ ނުލައި ބޭނުންކުރުމުގެ އިޚުތިޔާރު ވެބަސައިޓްތަކަށް ލިބިގެންދާ ކަމަށެވެ.
އިންޓާގްރާމްގައި ހިއްސާކުރެވޭ ޕޯސްޓްތައް ނޫސްވެރިންގެ ލިޔުންތަކުގަ އާއި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި އެމްބެޑް ކޮށްގެން ބޭނުން ކުރުމަކީ އާއްމުކޮށްކުރާ ކަމެކެވެ. -- ރޮއިޓާސް

ރަމަޟާން މަހު ޖިއްދާގެ މި މިސްކިތަށް އިތުރު ހާއްސަ ކަމެއް!
ރޯދަ ހިފުމާ ބެހޭގޮތުން ނޯރާ ބުނީ ކީކޭ؟
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!