ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަތަރުގެ ދޯހާއަށް މިރޭ ފުރި ގަތަރު އެއާވޭސްގެ ފްލައިޓެއްގެ ވިންޑް ޝިލްޑް ތަޅައިގެންދިޔުމުން އިމަޖެންސީގައި އަލުން ޖައްސައިފި އެވެ.
އެމްއޭސީއެލް އިން ބުނީ ކިއުއާރް 677 ފްލައިޓް މިރޭ 9:44 ގައި ވީއޭއީގައި އަލުން ޖައްސާފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރުގައި 38،000 ފޫޓް މަތީގައި އޮތް އެ ފްލައިޓް އަނބުރާ ވީއޭއައިއަށް ޖައްސާފައި ވަނީ ޕައިލެޓުން ތިބޭ ކޮކުޕިޓްގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުންނެވެ.
މިކަހަލަ ހާދިސާއެއް މިފަހުން ހިނގި ކަމެއް އެނގިފައެއް ނުވެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާއަށް ދިޔުމަށް އެ ފްލައިޓް ވީއައިއޭ އިން ފުރީ މިރޭ 7:45 ހާއިރު އެވެ. މިހާރު އެ ބޯޓު އޮތީ ވީއައިއޭގައި ޕާކުކޮށްފަ އެވެ.
ވިންޑް ޝިލްޑް ތަޅައިގެން ދިޔަ ބޯޓު އަލުން ފުރާނީ ކޮންއިރަކު ކަމެއް އަދި މި ހާދިސާ ހިނގިއިރު ތިބީ ކިތައް ފަސިންޖަރުން ކަމެއް އެމްއޭސީއެލް އިން ނުބުނެ އެވެ.
އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑް އިންޑިއާ އަންހެނަކަށް!
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް
