ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ވެސް ރ. މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަންބޮޑުވުންފާޅުކޮށްފިއެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އާ އަހަރު ފެށެންވާއިރަށް ޕްރިންސިޕަލަކު ހަމަނުޖެއްސިދާނެތީ މަޑުއްވަރީ ކައުންސިލުން ދުރާލައި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވުނުއިރުވެސް އެކަމަށް ހެއްލެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތުމުގެ ކަންބޮޑުވުން ބެލެނިވެރިންގެ ފަރާތުން ވެސް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަޑުއްވަރީ ސްކޫލްގެ ޕްރިންސިޕަލް އިސްތިއުފާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން ސްކޫލްގެ ހިންގުން ވަގުތީގޮތުން ބޭފުޅަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އާ ޕްރިންސިޕަލަކު ހަމަޖެއްސޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ
ރޯދައަށް ހުރެ ގިނައިން ނިދުމުން ގެއްލުންވޭ؟
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީރަޖިސްޓާ ކުރުން މާދަމާ ހަމަވާނެ
