ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝެކް ބަޗަން ބޮޑުއަގުގައި އިންޑިއާގެ މުމްބާއީން ގަނެފައިވާ ސީ ފޭސިން ލަގްޒަރީ އެޕާޓްމަންޓް ވިއްކާލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަބީޝޭކް އެޕާޓްމަންޓް ވިއްކާލާފައިވަނީ 45.75 ކަރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) އަށެވެ.

ސްކައިލާރާކް ޓަވަރުން އަބީޝޭކް މި އެޕާންޓްމަންޓް ގަނެފައިވަނީ 41 ކަރޯޑް ރުޕީސް (5.5 މިލިއަން ޑޮލަރު) އަށެވެ. މިއީ 37 ވަނަ ފަންގިފިލާއިން އޭނާ ގަނެފައިވާ އެޕާޓްމަންޓެކެވެ.

މިޓަވަރުގައި އަބީޝޭކްގެ އިތުރުން ބޮލީވުޑްގައި މަޝްހޫރު ތަރިން އެޕާޓްމަންޓް ގަނެފައިވެ އެވެ. އެގޮތުން އަކްޝޭ ކުމާރު އަދި ޝާހިދު ކަޕޫރު ހިމެނެ އެވެ.

ބަޗަން އާއިލާ

ބޮލީވުޑްގެ މަޝްހޫރު ބަޗަން އާއިލާއިން އިންޑިއާގެ މުމްބާއީގެ އެކި ސަރަހައްދުން ގެތަކާއި އެޕާޓްމަންޓްތައް ގަނެފައިވާއިރު، މި އާއިލާއިން ވަނީ ޔޫރަޕާއި މިޑްލް އީސްޓްގެ ގައުމުތަކުން ވެސް ގެއާއި އެޕާޓްމަންޓްތައް ގަނެފަ އެވެ.

އަބީޝެކްގެ ބޮލީވުޑްގެ ކުރިޔަށް ހުރި ފިލްމުތަކަށް ބަލާއިރު "ބޮބް ބިސްވާސް" އަދި "ދަސްވީ" ހިމެނެ އެވެ.