ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ، މީހަކު އިންޒާރު ދިން މައްސަލައެއް މިރޭ 8:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބައްޔެއްގެ ސަަބަބުން އުއްމީދީ ތަރިއެއްގެ ނިމުން އައި ގޮތް!
މާބަނޑު ދުވަސްވަރު މަސް ކާނަމަ ދަރިންގެ ވިސްނުން ތޫނުވޭ!
މީހުން ދިރިއުޅޭ އެންމެ ނުރައްކާތެރި ތަންތަނަށް އަވަސް ނަޒަރެއް!
