ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އޭދަފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރުގެ އެހީގައި އެ ރަށުގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ ރޮސްޓްރަމް އާއި ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފަ އެވެ.
އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ.
އޭދަފުށީގައި މަތީ ފެންވަރުގެ ފީފާ އެޕްރޫވްޑް ޓާފް ދަނޑު ތަރައްގީކޮށް ރަސްމީކޮށް ހުޅުވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
އޭދަފުށީ ޓާފް ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. ދަނޑުގައި އަޅާފައި ވަނީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.
ދަނޑުގެ ރޮސްޓްރަމާއި ސިޑިބަރީގެ ބިންގާ އެޅުމަށް ފަހު މިއަދު ވަނީ އެ ދަނޑުގައި ވެޓަރަންސް ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. މި މެޗުގައި ވާދަކުރީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި ހުޅުމާލޭ ވެޓަރަންސް ޓީމެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީހުޅުމާލޭ ވެޓަރަންސް ޓީމެވެ.
ރަށަށް ބޭނުންވަނީ ނަޒީރުމެން ފަދަ ރަށް ދެކެ ލޯބިވާ ވިޔަފާރިވެރިން. ނަޒީރުގެ ވިޔަފާރީގައި ބަރަކާތް ލައްވާށި. އާމީން