ސަރުކާރުން މިއަހަރު ތެރޭ އެކަނި ވިއްކި ސުކޫކުގެ އަދަދު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަހުގެ ދެވަނަ ދުވަހު 200 މިލިއަން ޑޮލަރުގެ ސްކޫކް ބޭރު މާކެޓަށް ވިއްކާފައިވާ ކަމަށެވެ. މީގެ ކުރިން މިއަހަރުގެ މާޗު މަސް ތެރޭ 200 މިލިއަން ޑޮލަރު އަދި އޭޕްރިލްގައި 100 މިލިއަން ޑޮލަރުގެ ސުކޫކު ވަނީ ވިއްކާފަ އެވެ. މިއާއެކު މި އަހަރު ވިއްކި ސްކޫކްގެ އަދަދު މިވަނީ 500 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ސެޕްޓެމްބަރުގައި ވިއްކި ސުކޫކުވެސް މެޗުއަރ ވާނީ 2026 ވަނަ އަހަރުގަ އެވެ. އަދި މި ސުކޫކު ވިއްކާފައިވަނީ 10.5 އިންސައްތައިގެ ފައިދާ އަނބުރާ ގަންނަ ފަރާތަށް ދޭންޖެހޭ ގޮތަށެވެ.
ފިނޭންސް މިނިސްޓްރީއިން ބުނި ގޮތުގައި ސުކޫކް މުއާމަލާތު ކުރިއަށް ގެންދަނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އަދި އެސްއެސްބީސީގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށެވެ.
މިއަހަރު ކުރީ ކޮޅު ވިއްކި ސުކޫކުތައް ވިއްކުމުގައި ސަރުކާރުން ބޭނުން ކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އަދި މިފަހުން ވިއްކި 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގައި ހަރުމުދަލެއްގެ ގޮތުގައި ބޭނުން ކުރީ ވެލާނާ ބިލްޑިން އާއި މާލޭގެ އެހެނިހެނެއް ބައެއް ބިންތަކެވެ.
ކުރިން ވިއްކި ސުކޫކުން ލިބުނު ފައިސާގެ ބޮޑުބައި ހޭދަކޮށްފައިވަނީ 2022 ވަނަ އަހަރު މެޗުއަރ ވާ ސަނީ ސައިޑް ބޮންޑުގެ ފައިސާ ދެއްކުމަށެވެ. އެހެން ނަމަވެސް މި މަސްތެރޭގައި މި ވިއްކި ސުކޫކުން ލިބުނު ފައިސާ ބޭނުން ކުރަނީ ކޮންކަމަކު ކަމެއް ސަރުކާރުން ހާމަ ނުކުރެއެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ ފައިސާ ބޭނުން ކުރާނީ ދައުލަތުގެ ރިކަރެންޓު ހަރަދު ހަމަޖެއްސުމަށެވެ.
ސަރުކާރުން ވަނީ ސުކޫކު ވިއްކުމަށް މޯލްޑިވްސް ސުކޫކް އިޝުއަންސް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. ސްޕެޝަލް ޕާޕޯސް ވެހިކަލް (އެސްވީޕީ)ގެ ގޮތުގައި މި އެ ކުންފުނި ރެޖިސްޓާ ކޮށްފައިވަނީ ކޭމަން އައިލޭންޑުގަ އެވެ. މި ކުންފުނި އުފެއްދުމުގެ މަގުސަދަކީ ސްކޫކް އިޝޫކުރަން ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން ގާނޫނީ ހައިސިއްޔަތު ހޯދުމެވެ.
މި ސްކޫކްއާއެކު ދައުލަތުގެ ޖުމްލަ ދަރަނި 94 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަރައި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 140 ޕަސެންޓަށް އަރާނެ ކަމަށް މާހިރުން ލަފާކޮށްފައިވެ އެވެ.
ދިވެހި ދައުލަތުގެ ދަރަނި އިތުރުވެ، އެ ދަރަނި ދެއްކޭނެ ކަމުގެ ޤާބިލް ކަމާއި މެދު ސުވާލު އުފެދިފައިވަނިކޮށް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސް އިން ވަނީ ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުށްވެރި ކުރީ މޫޑީސް އެވެ.
ސްކޫކްއަކީ ލޯނަކަށް ނުވި ނަމަވެސް ދަރަނީގެ ބާވަތެކެވެ. މިއީ އިސްލާމީ ޝަރިއާއާ އެއްގޮތަށް ވިއްކޭ މާލީ އިސްޓްރޫމަންޓެކެވެ.
ފިނޭންސް މިނިސްޓްރީން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތި ވެފައި އޮތްވާ 25 މިލިއަން ޑޮލަރު އިންޑިއާ އަށް ވެކްސިން ގަންނަން ނަމުގައި ދިން އިރު އޭގެ ތަފްސީލް ނުދިނީ ކިއެއްވެތޭ އެވެކްސިން އެއްވެސް ލިބުނީ އެއް ނޫނޭ މީ ސީދާ ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ދައުލަތުގެ ޚަޒާނާއިން ކުރި ވައްކަމޭ އިންޑިއާ އާއި ގުޅިގެން މިހާރު މިރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް ތިޔާ ހުރީ އެއީ ބޮޑު ކަނޑުކޮހެކޭ އެއީ އެހެލާން ތެހެލާން އެކޭ އެއަށް ވުރެން ރަނގަޅު މީހުން މާލޭގައި ތިއްބާ ކޮރަޕްޓް ކާރޓެލް އަކަށް
މިސަރުކާރުގެ އިގްތިސާދީ ސިޔާސަތެއް ނެތޭ ލިބޭހާ ފައިސާ އަކުން ކުރަނީ އާމްދަނީ އެއް ނުލިބޭ މަސައްކަތްތަކޭ ރާއްޖެތެރޭގެ ކުދި އާބާދީ ތަކަށް އިންވެސްޓް ނުކޮށް އެފައިސާ އިން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަޅު ތަކުން ބިންތައް ވިއްކިނަމަ މިއަދު ރާއްޖޭގެ ބަޖެޓް އަރަނި ވީސް ކަން ޔަގީނޭ މީދެން ހާދަ ބީތާ ސަރުކާރެކޭ އެހެންނޫންތޭ ވާނީ އިންޑިއާ އާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެން ވޯޓް ވަގު ރައީސެއް ވިއްޔާ ވެރިކަމުގައި ހުރީ އެއީ ރައްޔިތުން ހޮވާފައިވާ ވެރިއަކަށް ނުވާތީއޭ
ބޯ ބިނދިފައި ތިބި ބަޔަކާ ޤައުމު ހަވާލުކުރެވުމުން ދިވެހި މުޅި އުންމަތުގެ މުސްތަގުބަލް މިދަނީ އޮޔާ
މުޅި ޤައުމު ދިރުވާލާ.