ސޯޝަލް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ހައްޔަރުކުރި މީހާއަކީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅޭ ފިރިހެނެކެވެ. އެކަމަކު ޓިކްޓޮކްގެ ގަވާއިދު ބުނާ ގޮތުން ބަރަހަނާ މަންޒަރު އާންމުކުރުމަކީ މަނާކަމެކެވެ. އެހެންވެ ވީޑިއޯ އާންމުކުރުމުން، އޭނާގެ އެކައުންޓް ވަނީ ބޭންކޮށްފަ އެވެ.
އޭނާ ހައްޔަރުކުރުން ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށާއި ފުލުހުންނަށް އަމާޒުވި އެވެ.

އިންތިހާބަށް ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު އިންތިހާއަށް
ރާއްޖެ އަށް ސައުދީ އިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް