ކާބުލް (24 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން އެ ގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން އުޅޭކަން އިއުލާންކޮށްފި އެވެ.

އެ ޖަމާއަތުގެ އޮފިޝަލަކު ދަ އެސޯސިއޭޓަޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގެ ދަށުން ރަޖަމުކުރުމާއި އަތް ކެނޑުން ފަދަ ހަރުކަށި އަދަބުތައް ދެވޭނެ ކަމަށެވެ.

އޮގަސްޓް މަހު 15 ވަނަ ދުވަހު ވެރިކަމަށް ގަދަވެގަތުމަށް ފަހު، ތާލިބާނުން ވަނީ އެ ޖަމާއަތުގެ ހަރުކަށި އުސޫލުތައް ތަންފީޒުކުރަން ފަށައިފަ އެވެ. އެގޮތުން މިސްކިތަށް ނަމާދުނުކުރާ މީހުންނަށް އަދަށު ދިނުމާއި އަންހެނުންގެ އާއްމު ކަންތައްތަކުގައި ހިފެހެއްޓުންތަކެއް އެ ޖަމާއަތުން ވަނީ ތަންފީޒު ކޮށްފަ އެވެ.

ތާލިބާނުންގެ ލީޑަރު މުއްލާ ނޫރައްދީން ދަ އެސޯސިއޭޓަޑަ ޕަރެސް އަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ޖަމާއަތުން އިސްލާމީ ޝަރީއަތް ތަންފީޒުކުރާއިރު ބައިނަލްއަގުވާމީ މުޖުތަމައުން އެކަމާ ދުރުގައި ތިބުމަށް ގޮވާލާފަ އެވެ.

ތާލިބާނުން ބުނެފައިވަނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ރަޖަމު ކުރުމާއި އަތް ކެނޑުން ފަދަ އަދަބުތައް ދިނުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމު ކަމެއް ކަމަށެވެ. -- އަލް އަރަބިއްޔާ