މިގަވައިދަކީ ގާނޫނު ނަމްބަރު 2020/34 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު 102ވަނަ މާއްދާގެ (ށ)އާއި، 133 ވަނަ މާއްދާގެ (ނ)ގެ (14)ވަނަ ނަމްބަރުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވައިދެއް. މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީހަތް މެމްބަރުން. އެހެންކަމުން މައްސަލަ ތަޅުމުން ބޭރުވީ.

ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދާ ގުޅޭގޮތުން މަޖިލީހަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ހުށައެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.

މި ގަވައިދަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 102 ވަނަ މާއްދާގެ (ށ) އާއި، 133 ވަނަ މާއްދާގެ (ނ)ގެ (14) ވަނަ ނަމްބަރުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވައިދެކެވެ.

މި މައްސަލައިގައި ވަނީ ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަމާއި ތައާރަޒުވާ ކަމަށާއި މި ގަވައިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށާއި ފަރުދުންގެ އަމިއްލަ ހުރިހާ ޙަރަކާތްތައް ބަލައި ޗެކްކޮށް ފާރާލުމާއި ކެމެރާ އާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުން އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭ ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމަށް ދެކޭކަމަށް ވެސް ސައީދު ހުށައެޅި މައްސަލާގައިވެ އެވެ.

"ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ގާނޫނަކުން ވިޔަސް އަދި ގަވައިދަކުން ވިޔަސް ނިގުޅައި ނުގަނެވޭނެތީ އާއި އަދި ހައްގެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގެވޭ ގޮތަށް ގާނޫނުއަސާސީ މާނަ ވެސް ނުކުރެވޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކުރެވިފައި ވާތީ ތަހުގީގުކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށައަޅަމެވެ." ސައީދު ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީހަތް މެމްބަރުންނެވެ. އެހެންކަމުން މައްސަލަ ތަޅުމުން ބޭރުވީ އެވެ.