ބްރިޓިޝް އެއާވޭސްއިން ލަންޑަނާއި މާލެއާ ދެމެދު އަނެއްކާ ވެސް ސީދާ ދަތުރުތައް ފަށައިފި އެވެ.

ކޮވިޑް ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެއަށް އިނގިރޭސިވިލާތުން ސީދާ ދަތުރުކުރުން ހުއްޓާލުމަށް ފަހު، ކޮވިޑް ހާލަތު ރަނގަޅުވުން މިއަދު ވަނީ ބްރިޓިޝް އެއާވެސް އިން ސީދާ ދަތުރުތައް ރާއްޖެއަށް އަނެއްކާ ވެސް ފަށައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އެ އެއާޕޯޓަށް އަލުން ފެށުމުން މަރުހަބާ ކިޔާފަ އެވެ.

ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރެއްކުރެ އެވެ. އެ ގައުމަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެނުމުން ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.