މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް ފުރަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުމުން އެކަމަށް އޭނާ ރައްދު ދީފި އެވެ.
ލަމް އާއި ކުޑަ މުއާއަށް އެ މީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަހު މަހުގެ ހަވަނަ ދުވަހު އެވެ.
މީގެ ކުރިން ވެސް އަމިއްލަ ހަޔާތުގެ އެކި ސަފްހާތައް އިންސްޓަގްރާމްގައި އޭނާގެ ފޭނުންނާ ހިއްސާކުރާ ލަމް، އޭނާގެ އަލަތު ދަރިފުޅު "މުލާ" އާއެކު ނަގާފައިވާ ޗާލު ފޮޓޯތަކަށް ވެސް ދަނީ އޭނާގެ ބެލުންތެރިންގެ ލޯބި ހޯދަމުންނެވެ.
ނަމަވެސް ލަމްގެ ދަރިފުޅުގެ ނަން މީޑިއާތަކުން ހާމަކުރުމާއެކު ބައެއް މީހުންގެ ފަރާތުން ކުއްޖާއަށް ވެސް ވަނީ ފާޑުކިޔައި ބަދު ބަސް ބުނެފަ އެވެ. މިކަމާ ގުޅިގެން ލަމް ވަނީ އަސަރާއެކު ހިތުގެ އުދާސްތައް އޭނާގެ އިންސްޓަ ސްޓޯރީގައި ބަންޑުންކޮށްލާފަ އެވެ.
"ތިޔަ ފަރާތްތަކުގެ ދަރިންނޭ ކިޔައިގެން ތިބާ ހިތްދަތިވާ ފަދަ ވާހަކައެއް މީހަކު ދައްކައިފި ނަމަ އިހުސާސް ވާނީ ކިހިނެތް؟ ގަބޫލު ވެސް ނުކުރެވޭ ގިނަ ކޮމެންޓް ތަކަކީ އަންހެނުންގެ ލިޔެފައި ހުރި އެއްޗެހި ކަމަކަށް،" ލަމްގެ އިންސްޓަ ސްޓޯރީގައި ލިޔަފައިވެ އެވެ.
ފޭސްބުކްގައި ބައެއް މީހުން ކުރި ކޮމެންޓްތަކުގެ ސްރީންޝޮޓް ވަނީ ލަމްގެ ސްޓޯރީގައި ހިއްސާ ކޮށްފަ އެވެ.
އެއަށް ރައްދު ދެމުން ލަމް ބުނީ އޭނާއާ ބެހޭގޮތުން ލިޔާ ލިޔުންތަކަށް މީހުން ކުރާ ހުތުރު ކޮމެންޓްތަކާ މެދު މީގެ ކުރިން އަޅާނުލާ ކަމަށެވެ.
ނަމަވެސް މަންމައަކަށްވުމާއެކު ދަރިފުޅާއެކު ހޭދަކުރާ ވަގުތުތައް ހިއްސާކުރަނީ އޭނާގެ އުފަލުގައި ބައިވެރިވާ، އަދި އެ އުފާވެރި ވަގުތުތައް ދެކެން ބޭނުންވާ މީހުނަށް ކަމަށެވެ.
އެ ޕޯސްޓްތައް ލަނީ އެއިން ކޮންމެ ޕޯސްޓަކަށް ހަބަރު ހަދާނެ ކަމަށް ދެކިގެން ނޫން ކަމަށާއި އޭނާއަށް ނުރަނގަޅު ކޮމެންޓްތައް ލިބޭނެކަން އެނގުނު ނަމަވެސް، ދަރިފުޅޭ ކިޔައިގެން ކޮމެންޓް ކުރާއިރު ތަންކޮޅެއް އޯގާތެރި ވާނެ ނަމައޭ ހިތަށް އަރާކަމަށް ލަމް ބުންޏެވެ.
އަދި އެފަދަ ގިނަ ކޮމެންޓުތައް އަންނަނީ އަންހެނުންގެ ކިބައިންކަން ފާހަގަކޮށް އޭނާ ބުނީ އެތަން ފެނުމުން ހައިރާންވެ ލަދުގަންނަ ކަމަށެވެ.
ލަމްގެ ޕޯސްޓްތައް ބަލަން ބޭނުން ނުވާ މީހުނާއި ނަފްރަތުގެ ވާ މީހުން، އިންސްޓަގްރާމުން ލަމް އަންފޮލޯ ކުރުމަށް އޭނާ އެދުނެވެ. އަދި އެފަދަ މީހުން، އޭނާއާ ބެހޭގޮތުން ނޫސްތަކުގައި ލިޔާ ލިޔުންތައް ނުކިޔުމަށާއި ކޮމެންޓް ނުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.
ލަމްއާއި ކުޑަމުއާ ކައިވެނީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރު އެވެ. މިދިޔަ މަހު ދަރިފުޅުގެ ނަން ފޭނުންނާ ހިއްސާ ކުރި ޕޯސްޓްގައި ލަމް ބުނެފައި ވަނީ ދަރިފުޅުގެ ނަމަކީ ގާތްގަނޑަކަށް މީގެ ހަތަރު ވަރަކަށް އަހަރު ވަންދެން އޭނާގެ ހިތުގައިވާ ނަމެއް ކަމަށެވެ.
މުލާ އެއީ ނަމެއް ނޫނޭ އެބްރީވިއޭޓް ކޮށްގެން އިންޖިނިއަރިންގް ފީލްޑް ގައި ކޮމްޕޯނެންޓްސް ތަކަށް ކިޔާ ނަންނަން ނުދެވޭނެއޭ މުސްލިމުންގެ ދަރިންނަށް މައިކްރޮޕްރޮސެސަރ އަކީ އެއީ ކޮމްޕިއުޓަރގައި ހުރި އެންމެ މުހިއްމު އެއް ކޮމްޕޯނެންޓް އެއަށް ކުރު ކޮށް ކިޔަނީ އެމްޕީ އެގޮތަށް އެބްރީވިއޭޓް ކޮށްގެން މުސްލިމުންގެ ދަރިންނަށް ނަން އަމިއްލަ އަށް ހަދައިގެން ނުކިޔޭނެއޭ ނަން ކުދިންނަށް ކިޔާއިރު އެފަދަ ނަމެއްގައި ބަރަކާތެއް ވެސް ހުންނަން ޖެހޭނެއޭ މަމެން ތިޔާގައި ވިސްނަނީ ލަމް އަށް އިސްލާމް ދީނުގެ އަސާސް ތައް ވެސް ނ
މުލާގެ މާނައަކީ ކޮބައިބާ . ރަގަޅު މާނައެއް ނަމަ މައްސަލައެއް ނެތެއްނު. ދަރިފުޅުގެ ނަމާ ފޮޓޯތައް ލާއިރުވެސް އެގެން ޖެހޭނެ ތޯއްޗެ އެންމެން ލައިކް ނުދޭނެކަން.
މުލާ އަކީ އެއީ ނަމެއް ނޫން މީ ކޮމްޕއުޓަރ ޗިޕެއް ނޫން ޑީރޭމް ގޮތަށް އެބްރިވިއޭޓް ކޮށްގެން ނަން ކިޔަން މުސްލިމުންނަށް ކިޔަން ޖެހޭނީ މުސްލިމް ނަން ފާޑު ކިޔުން ރަނގަޅު ނަން ބަދަލު ކުރޭ އަދި ފެށޭ ނަން އެވާންޖެހޭނީ އާންމު ކޮށް ކިޔާ ނަމަށް ކީރިތި ރަސޫލާގެ ސިޔަރަތުން ވެސް މިކަން އިނގެން އޮވޭ މީހާ އަށް ކިޔާ ދެވަނަ ނަން އެއީ އާންމު ކޮށް ކިޔާ ނަމަކަށް ނެހެދޭނެ އެއީ މުސްލިމް އުސޫލެއް ނޫން ލަމް އިސްލާމް ދީން ދަސްކުރޭ ދީނާއި ވަރަށް ދުރުކަން ފާހަގަ ކުރެވޭ ދީން ދަސްކުރޭ ދަސްކުރޭ ދަސްކުރޭ ދަސްކުރޭ ދަސްކުރޭ