ޖަނަރޭޓަރުތަކަށް ސާވިސް ދިނުމުގެ ހިދުމަތްތަކާއެކު ސްޓެލްކޯގެ ވޯކްޝޮޕް (ސްޓެވޯ) ރޭ ހުޅުވައިފި އެވެ.
ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ވޯކްޝޮޕް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި އެކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދެވެ.
ސްޓެލްކޯއިން ބުނީ ރޭ ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ބާ އިންޖީނުގެ ހުންނަތާގައި ހުޅުވި ވޯކްޝޮޕްއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުން ހިމެނެ އެވެ.
ސްޓެލްކޯއިން ބުނީ އެ ވޯކްޝޮޕުގައި ތިން މޮޑިއުލެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800 އެވެ.
އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ ކަމަށާއި ވޮރެންޓީ ވެސް ދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި ވޯކްޝޮޕުން ދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި އަގުބޮޑު މެޝިނަރީތައް ސާފުކުރުމަށް ދޭ ހިދުމަތުގެ ގޮތުން އަލްޓްރާސޮނިކް ކްލީނިންގެ ހިދުމަތް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ސްޓެވޯގައި އެސެމްބްލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ވެސް ދީފައިވެ އެވެ.
މަހާޒާއި އަޒްމިރަލްދާގެ މައްސަލަ ފައިލްކޮށްފި
ސައުދީގެ އެއާޕޯޓަށް ދިން ހަމަލާގައި ތިން މީހުން މަރުވެއްޖެ