ނެޓްފްލިކްސް އަކީ ރާއްޖޭގެ ގިނަ ބަޔަކު ފިލްމާއި ސީރީޒްތައް ބަލަމުން އަންނަ އޯޓީޓީ ޕްލެޓްފޯމެކެވެ. މިގޮތުން ނެޓްފްލިކްސްއިން ގެނެސްދޭ ބައެއް ސީރީޒްތަކާއި ފިލްމުތަކަކީ ދިވެހިން މެދުގައިވެސް ވަރަށް މަގުބޫލު ސީރީޒްތަކާއި ފިލްމުތަކެވެ. އެގޮތުން މިލިޔުމުގައި ބަލައިލާނީ ދިވެހިން މެދުގައި މަގުބޫލު ބައެއް ސީރީޒްތަކާއި ފިލްމުތަކަށެވެ.

ފްރެންޑްސް

ފްރެންޑްސް ސީރީޒް އިން ފެނިގެންދާ ހަ އެކުވެރިން.. މިއީ ދިވެހިން މެދިގައި ވަރަށް މަގުބޫލު ސީރީޒެއް

ފްރެންޑްސް އަކީ 1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ދެއްކި ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ ސީރީޒެކެވެ. މީގައި ސީރީޒްގައި ފެނިގެން ގޮސްފައިވަނީ ހަ އެކުވެރިންގެ މެދުގައި ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލު ކުރުމަށް ކުރާ މަސައްކަތްތަކެވެ. މަޖާ އަދި ލޯބީގެ ރަހަތައް އެކުލެވޭ "ފްރެންޑްސް" ސީރީޒް އަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ސީރީޒެކެވެ. މިހާރުވެސް ދިވެހި ގިނަ ބަޔަކު މިސީރީޒް އަންނަނީ ތަކުރާރުކޮށް ބަލަމުންނެވެ.

https://www.youtube.com/watch?v=XZVHmRvfDHM

ދަ ޕެރެމެޑިކް

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު ރިލީޒް ކުރި "ދަ ޕެރެމެޑިކް" އަކީ ނެޓްފްލިކްސްއިން ދެއްކި ފިލްމުތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބެލި ފިލްމެކެވެ. އެއްގަޑިއިރާއި ތިރީސް ހަތަރު މިނިޓް ދިގު މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކާރލްސް ޓެރޮސް އެވެ. ސްޕެނިސް ތްރިލާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މިފިލްމުގައި ފެނިގެންދާނީ އެންބިއުލާންސް ސާރވިސްގައި މަސައްކަތްކުރާ އެންޖަލް އަށް ދިމާވި ސީރިއަސް އެކްސިޓެންޓެއްގެ ސަބަބުން އުމުރަށް ފުރޮޅުލީ ގޮނޑިއެއްގައި އޭނާގެ ހަޔާތް ހޭދަކުރަންޖެހެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ޙަޔާތުގެ ބައިވެރިޔާ ވޭން އޭނާއަށް ބޭވަފާތެރިވެ ބޮޑު ހަމަނުޖެހުންތަކެއް ހިނގާ ބަދަލުހިފުމުގެ ވަރުގަދަ ސިލްސިލާއެއް ކުރިޔަށްދެއެވެ.

ޑޮލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ

https://www.youtube.com/watch?v=as3YLG5DmL0

ނެޓްފްލިކްސްގައި ނެރެފައިވާ ބޮލިވުޑްގެ ބައެއް ފިލްމުތަކަކީވެސް ދިވެހިން މެދުގައި މަގުބޫލު ފިލްމުތަކެކެވެ. އެގޮތުން 2019 ވަނަ އަހަރު ނެރެފައިވާ "ޑޮލީ ކިޓީ އޯރް ވޯ ޗަމްކޭތޭ ސިތާރޭ" ނެޓްފްލިކްސްއިން ދައްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އަލަންކްރިތާ ޑައިރެކްޓްކޮށް އެކްތާކަޕޫރް އުފައްދާފައިވާ މިފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ ކޮންކަނާ ޝަރުމާއާއި ބޫމީ ޕެޑްނެކާރްއެވެ. މާބޮޑު ގުޅުންތެރިކަމެއް ނެތް ދެބެންގެދެދަރި ދެމީހުންކަމަށްވާ ޑޯލީ އާއި ކާޖަލްއާއި ދެމެދު ސިއްރު ކަންތައްތަކެއް ހިނގާ އެގުޅުން ވަރަށްބޮޑަށް ހީނަރުވެފައިވަނިކޮށް ފަހުން ދެމީހުންގެ ގުޅުން ރަނގަޅުވެ ދެމީހުންގެ ސިއްރު ކަންތައްގަނޑު އެކަކު އަނެކަކާއި ހިއްސާކުރެއެވެ.

ޖުރެސިކް ވޯލްޑް: ކޭމްޕް ކްރެޓީޝިއަސް

https://www.youtube.com/watch?v=CRTIrK3Kku8

ޓީންއޭޖްގެ 6 ކުދިން ފެނިގެންދާ މިފލްމުގައި އައިސްލާ ނުބްލަރގެ އަނެއްފަރާތުގައި ކުރިޔަށްދާ އެޑްވެންޗަރ ކޭމްޕެއްގައި ބައިވެރިވުމުގެ ދަޢުވަތު މިކުދިންނަށް ލިބެއެވެ. އަދި މިކޭމްޕްގައި އުޅެނިކޮށް ޑައިނަސޯރތަކެއް އެކުދިންނާއި ދިމާކޮށް އެކުދިން ޑައިނަސޯރގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ. އަށް އެޕިސޯޑްގެ މައްޗަށް ކުޅެފައިވާ މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ނެޓްފްލިކްސްއިން ދައްކައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

އެލައިވް

ސައުތްކޮރެއާގެ ޒޮމްބީ ފިލްމެއް ކަމަށްވާ އެލައިވްއަކީ 2019 ވަނަ އަހަރުގެ ސްކްރިޕްޓެއް ކަމަށްވާ "އެލޯން" ގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ސިއޯލްގައި ދިރިއުޅޭ ވީޑިއޯ ގޭމް ކުޅޭ މީހަކު އެކަނިމާއެކަނި އޭނާގެ އެޕަރޓްމެންޓްގައި ބަންދުވެ ޒޮމްބީތަކެއްގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމް ނެޓްފްލިކްސް އިން ދައްކައިފައިވަނީ 8 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އެވެ.

މިފިލްމުތަކާއި ސީރީޒްތައް ވެސް ދިވެހިން މެދުގައި މަގުބޫލުކަން ލިބިގެން ގޮސްފަވެ އެވެ. ތިޔަ ބޭފުޅުން މެދުގައި އެންމެ މަގުބޫލު ނެޓްފްލިކްސް ފިލްމަކާއި ސީރީޒް އަކީ ކޮބައިތޯ؟