އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަކީ ކަންކަން ކުރައްވަން ކެރޭ އަދި ނަތީޖާ ދައްކަވާ ބޭފުޅެއް ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރަކީ ކަންކަން ކުރައްވަން ކެރޭ އަދި ނަތީޖާ ދައްކަވާ ބޭފުޅެއް ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމެރިކާގައި ހުންނަވައިގެން އޮންލައިންކޮށް އިންޑިޔާ ސަފީރަށް ތައުރީފް ކުރައްވާ ޝާހިދު ވާހަކަދެއްކެވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން އެ ގޮތުގައި ދެމެހެއްޓުމަށް ސުދީރު ކުރެއްވި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. ސުދީރު ކުރެއްވި މަަސައްކަތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެއްޖެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ސުދީރަކީ ކަންކަން ކުރައްވަން ކެރިވަޑަައިގަންނަވާ ނަތީޖާ ދައްކަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ދެގޮތެއްނުވެ ދެ ގައުމުގެ ގުޅުމުގައި ސާބިތުވެ ހުންނެވީތީ ހިތުގެ އެންމެ ފުންމިނުން ސުދީރަށް ޝާހިދު ޝުކުރު ދެންނެވި އެވެ.

" އަޅުގަނޑުމެން އެންމެންގެ ނަމުގައި ޝުކުރު ރައްދުކުރަން. ތިޔަ ބޭފުޅާގެ ތި ހުންނެވި ޖޯޝުގެ ސަބަބުން ރާއްޖެ-އިންޑިއާ އެކުވެރިކަން އެތައް އަހަރުތަކަކަށް ދެމިގެންދިޔުމަށް އިތުރު ބާރަކަށް ވެއްޖެ. ތިއީ ކަންކަން ކުރައްވަން ކެރޭ ބޭފުޅެއް. ކަން ކޮށްފައި ނަތީޖާ ދައްކަވާ ބޭފުޅެއް. މިކަމަށް އަޅުގަނޑު ބުނެލާނީ ޝުކުރިއްޔާއޭ،" ޝާހިދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތަކީ ސަފީރު ކަމުގައި ހުންނަވައިގެން ސުދީރު ބައިވެރިވި އެންމެ ފަހުގެ ރަސްމިއްޔާތެވެ. އަދި ސަފީރު ކަމުގެ ފަހު ދުވަހެވެ. ޝާހިދު ވިދާޅުވީ ސަފީރު ސުދީރާއެކު އޮތް ގުޅުން ތާ އަބަދަށް ދަމަހައްޓާނެ ކަމަށާއި ޝާހިދާއި މުޅި ޓީމުންވެސް އެގުޅުން ބަދަހިކޮށް ބާއްވާނެ ކަމަށެވެ. އަދި މިއެކުވެރިކަން ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ ކަމަށާއި އެއީ ވައުދެއްކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދާއި ސުދީރު ވެފައިވަނީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެބޭފުޅުން ކަމުގަ އެވެ. އެގޮތުން ޢާއިލާއާއި ޕާޓީގެ ބައެއް ބޭފުޅުންނާއެކު ސުދީރުގެ ގެކޮޅުގައާއި އަދި މާލެއިން ބޭރުގައިވެސް ވަރަށް ގިނައިން ބައްދަލުކުރައްވާ ހައްދަވަ އެވެ.

ސަންޖޭ ސުދީރަށްފަހު ދެން އިންޑިޔާގެ ދަފީރުކަމަށް ވަޑައިގަންނަވާނީ މުނޫ މަހާވަރު އެވެ. އޭނާ އަކީ އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މުނޫ މަހާވަރު އެންމެ ފަހުން ހުންނެވީ އިންޑިޔާއިން އޮމާނަށް ކަނޑައަޅާ ސަފީރު ގެ މަގާމުގަ އެވެ.