ސެންޓް ފުޅިއެއް ގަނެގެން ތުރުކީއަށް ދިޔުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ލެޕާފިއުމްއިން ފަށައިފި އެވެ.
ލެޕާފިއުމް އިން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 1ގެ ނިޔަށް އެ ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ.
"އިޔާ އެންޑް ޕްރޮމޯޝަން" އިން އެއް ވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް، އިތުރު މީހަކު ގޮވައިގެން ތުރުކީއަށް ހަފުތާއެއްގެ ޗުއްޓީއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ރާއްޖޭގެ ރިސޯޓެއްގައި ތިން ދުވަހު ހުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ތިން ވަނަ އަށް ހޮވޭ ތިން ފަރާތަކަށް 5،000 ރުފިޔާ ލިބިގެންދާނެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަގްޒަރީ ސެންޓުގެ ވިޔަފާރި ކުރަމުން އަންނަ ލެޕާފިއުން ވަނީ ބްލެކް އަޕް ބްރޭންޑްގެ މޭކަޕާއި އެ ބްރޭންޑްގެ ހެއާ ކެއާ ވެސް ރާއްޖެ ތައާރަފުކޮށްފަ އެވެ. އަދި ލަގްޒަރީ ބްރޭންޑް އެއިޓް އެންޑް ބޮބް ސެންޓް ވެސް އެ ފިހާރާއިން ލިބެން ހުރެ އެވެ.
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި