ލ. ލިންކްރޯޑްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފުރުޅާލައިފި އެވެ.
ލ.ގަން، ފޮނަދޫ ލިންކް ރޯޑްގައި މިއަދު ހެނދުނު މި ހާދިސާ ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިއުމުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ އެކްސިޑެންޓުގައި އަނިޔާވި ފުލުހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކާރު މަގުން ފުރޮޅާލިއިރު އެ ކާރުގައި އިނީ ކާރު ދުއްވަން އިން ފުލުސް އޮފިސަރު އެކަނި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ އެ ކާރު ދުއްވަން އިން ފުލުސް މީހާއަކީ ކާރު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ކަމަށެވެ.
ދުޅަހެޔޮ ސިއްހަތަކަށް ދުވާލަކު 10،000 ފިޔަވަޅު ބޭނުންވޭ!
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން 129 ކެނޑިޑޭޓުން