ކައިވެންޏަކީ ދިރިއުޅުމުގެ އެންމެ މުހިއްމު ނިންމުމޭ ބުނުމަކުން ގޯހަކަށް ނުވާނެ އެވެ. އެތައް ޒިންމާތަކެއް ބޮލުގައި އެޅޭނެ އެވެ. އެކި ތަޖުރިބާތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެހެން ކަމުން މިފަދަ މުހިއްމު ނިންމުމެއް ނިންމުމުގެ ކުރިން އެކަމަށް ކުރިމަތިލާ ދެމީހުންގެ މެދުގައި މަޝްވަރާ ކުރެވިފައި އޮންނަންވާނެ ކަންކަން ހުރެ އެވެ.
ބައިވެރިޔާގެ ނަޒަރުގައި ލޯތްބަކީ ކޮބާ؟
ލޯތްބަކީކޮން އެއްޗެއްތޯ ބައިވެރިޔާ ކުރެން އެހުން މުހިއްމެވެ. އޭނާ ލޯބި ސިފަކުރާ ގޮތެއް އެނގެން ޖެހެ އެވެ. ބައިވެރިޔާ ދޭ ޖަވާބަކީ އެކައިވެނީގެ ގުޅުން ދައްކައިދޭ ރަމްޒަކަށް ވެދާނެއެ ވެ.
ކައިވެނިން ބޭނުންވަނީ ކޮން ކަމެއް؟
ބައިވެރިޔާ ދެކޭ ގޮތާއި، އޭނާ ފާޅުކުރާ ހިޔާލުތަކުން އޭނާ ކައިވެނީގެ ގުޅުމުގައި ބޭނުންވަނީ ކޮންކަމެއްކަން އެނގިގެން ދާނެއެވެ. އެއިގެ ބަދަލުގައި އެމީހަކު ބޭނުންވާ ކަންކަން ވެސް ބައިވެރިޔާއަށް ހުށަހަޅަން ވާނެ އެވެ.
ދިރިއުޅުން ބަދަލު ކުރަން ތައްޔާރުތަ؟
އާއިލާއާއި ރައްޓެހިން ދޫކޮށްލައިފައި ވަޒީފާއަށްޓަކައި ދުރަށް ދިޔުމަކީ ބައެއް ފަހަރު ގިާާނަ މީހުންނަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ދިރިއުޅުމެއް ފެށުމުގެ ކުރިން މިފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ކަންކުރާނެ ގޮތް މަޝްވަރާ ކުރުން ރަނގަޅެވެ.
އާއިލާ ރާވާނީ ކިހިނެއް؟
އަލަށް ކައިވެނި ކުރާ ދެމީހުން ތެރެއިން އެކަކު ތިން ކުދިން ބޭނުންވެފައި އަނެކަކު އެންމެ ކުއްޖަކު ބޭނުންވާނަމަ މައްސަލަ ޖެހެން ފަށާނެ އެވެ. އެހެންކަމުން ކައިވެނީގެ ކުރިން މިކަމާ ވާހަކަ ދައްކާލާފައި އޮވެއްޖެނަމަ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް މަދުވެދާނެ އެވެ.
ކައިވެންޏެއް ފެށުމުގެ ކުރިން ބުނެވުނު ކަންކަމުގައި ބައިވެރިޔާއާއެކު އެއްބަސްވުމަކަށް އާދެވިފައި އޮތުމަކީ ބާއްޖަވެރި ހަޔާތަކަށް ކުރެވިދާނެ ކަމެކެވެ.