ބެއިލްގެ ޝަރުޠުގެ އަމުރަށް ބޯލެބުުމުގެ ގޮތުން، ނޮވެމްބަރ މަހުގެ 5ވަނަ ދުވަހު، އާރްޔަން ޚާން، އެންސީބީއަށް ޙާޟިރުވާ ވީޑިޔޯއެއް މީޑިޔާގައި ވަނީ އާންމުވެފައެވެ. ބޮލީވުޑްގެ ރަސްގެފާނު، ޝާޚްރުކްޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާންގެ މަސްތުވާތަކެއްޗަށް ދެވި ހިފުމާއި ޑްރަގްމައްސަލައެއްގައި އެންސީބީއަށް ޙާޟިރުވާން އެންގިކަމުގެ ޚަބަރުތަކާއިއެކު އާންމުވި މިވީޑިޔޯގެ ސަބަބުން ޝާޚްރުކްޚާންގެ ޢާއިލާއެކޭ އެއްފަދައިން އޭނާގެ ފޭނުން، ޝާހްދެކެ ލޯބިވާ މީހުން ޝާހްގެ މިހިތާމައިގައި އަދި ލަދުވެތި ކަމުގެ އިހްސާސް ހިއްސާކުރާނެކަން ޔަޤީނެވެ. ހަމަ މިވަގުތުގެ ހާސްކަމުގެ ތެރޭގައި ޝާހްއާއި ގޯރީގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ކަޅާއި ހުދުގެ ހިތްދަތި ޕޯސްޓެއް ސޯޝަލް މީޑިޔާގައި އާންމުވުމާއިއެކު ނިއުޔޯކްގެ ކޮލެޖެއްގައި އާޓްސް ކިޔަވަމުންދާ ސުހާނާޚާން ނިއުޔޯކާއި ކޮލެޖް ދޫކޮށްލުމަށްފަހު އަނބުރާ އިންޑިއާއަށް ބަދަލުވާ ވާހަކަ މިވަނީ މީޑިޔާގައި އާންމުވެފައެވެ.

ކޭއެލް ރާހުލް އާއި ސުނިލްޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ، ސޯޝަލް މީޑިޔާގައި އެމީހުންގެ ގުޅުން އިޢްލާންކޮށްފިއެވެ. ބޮލީވުޑްގެ ތޯތޯ ޚަބަރުތަކުގައި ތުންތުން މަތިން ކިޔެމުން އައި މިގުޅުުގެ ވާހަކައަށް ރަސްމީ ޖަވާބެއް ދިނުމުގެ ގޮތުން އާތިޔާ ޝެޓީގެ އުފަންދުވަހުގެ މުނާސަބާގައި މީޑިޔާގައި އާންމު ކުރި، ދެމީހުން އެކީގައި ނަގާފައިވާ "ކައިރި" ފޮޓޯތަކަކާއިއެކު ރާހުލް ފޮނުވި "ހެޕީބާރތްޑޭ،މައި ލަވް އާތިޔާ ޝެޓީ" މިކެޕްޝަން މެސެޖަށް އާތިޔާ ވަނީ ޖަވާބުގައި ލަވްވޯލްޑް އިމޯޖީ އެއް ފޮނުވާފައެވެ.

ދިވާލީ ފާހަގަ ކުރުމުން މީޑިޔަގައި ހިއްސާކުރެވުނުފިލްމީތަރިންގެ ފޮޓޯތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވިފައި ވާ އެއް ފޮޓޯތަކަކީ ޕްރިޔަންކާ ޗޯޕްރާއާއި ފިރިމީހާ ނިކްޖޯނަސް އެކުގައި އަޅުކަމުގެ ރަސްމުތައް ފުރިހަމަ ކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. ޤައުމުން ބޭރުގައި ދިވާލީ ފާހަގަ ކުރި މިފޮޓޯތަކުގެ ކުރިން ތޭންކްސްގިވިންގ ގައި ނަގާފައިވާ ފޮޓޯތަކެއްވެސް ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަރގްރާމްގައި އާންމުންނާ ޙިއްސާކޮށްފައެވެ. މިފޮޓޯތައް އާންމު ވުމުގެ ދުވަސްކޮޅެއް ކުރިން ޕްރިޔަންކާ އޭނާގެ ނަމުގެ ފަހަތުން ޖޯނަސްގެ ނަން ފޮހެލުމާއި ގުޅިގެން މީޑިޔާގައި ފެތުރިގެންދިޔަ މިދެމަފިރިންގެ ކައިވެނި ރޫޅި ވަރިއަކަށް ދިއުމުގެ ވާހަކަތަކަށް ޕްރިޔަންކާ ދިން މިޖަވާބުތައް ކިތަންެމެހާވެސް ފުރިހަމަވެފައި ރައްދުދެވިފައިވާގޮތް ގަދަފަދައެވެ.

މިދުވަސްވަރު މީޑިޔާގައި އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައަކީ ވިކީކައުޝަލްއާއި ކެތްރީނާކައިފްގެ ކައިވެނީގެ ޚަބަރުތަކުގެ ވާހަކައެވެ. ވިކީގެ މަންމަ، ލިބެން އުޅޭ ޅީދަރިފުޅަށް ޚާއްޞަ ހަދިޔާތަކެއް ދިވާލީގެ މުނާސަބަތާއި ގުޅުވާ ފޮނުވާފައިވާކަމަށް އެތަކެއް ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. މިކަމާއިބެހޭ ގޮތުން ދެކެވޭ ވާހަކައަށް ރައްދެއްގެ ގޮތުން، ވިކީގެ މަންމަ ބުނެފައިވަނީ އެއީ ޘަޤާފީ ހަދިޔާ ބަދަލުކުރުމެއް ކަމަށްވާ ޝަގުން ކަމަށެވެ.

މަރްޙޫމާ ސްރީދޭވީ އާއި ބޮނީކްޕޫރުގެ އަންހެން ދަރިފުޅު ޚުޝީ ކަޕޫރުގެ 21ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ޕާރޓީގެ ފޮޓޯތަކާއިއެކު މީޑިޔާގައި އާންމުވެފައިވާ، ޚުޝީއާއި އޭނާގެ ބައެއް އެކުވެރިންނާއިއެކު ނެގިފައިވާ ބައެއް ފޮޓޯތަކަކީ ހިންދުސްތާނުގެ އާދަކާދައާއި ޘަޤާފަތާއި ތަންކޮޅެއް ފުށުއަރާ ކަހަލަ ފޮޓޯތަކެއް ކަމަށް ވަނީ އަޑުފެތުރިފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ބައްޕަ ބޮނީކަޕޫރު އަދި ދަރިފުޅު ޚުޝީވެސް އެއްވެސް ރައްދު ޖަވާބެއް ދީފައެއް ނުވެއެވެ.

ރޯހިތުޝެޓީ އާއި ކަރަން ޖޯހަރްގެ ފިލްމް، ކެޓްރީނާކައިފާއި އަކްޝޭކުމާރްގެ ލީޑްރޯލް ފެނިގެންދާ "ސޫރްޔަވަންޝީ" ބޮކްސްއޮފީހުގައި ކާމިޔާބުގެ ހަރުފަތްތަކެއް ގިރާކޮށްފިއެވެ. 26ކުރޯޑް ރުޕީސްގެ ހިޓެއް ދުވަހު ސިނަމާއިން ހޯދާފައިވާ މިފިލްމް ބޮކްސްއޮފީހުގެ ހިޓަކަށް މިވަނީ ވެފައެވެ.

އާލިޔާބަޓްގެ ފުރަތަމަ ހޮލީވުޑްގެ އިނގިރޭސި ފިލްމުގެ ތައްޔާރީތަކަށް މިދުވަސްކޮޅު ނުހަނު ޝައުޤާއި ފޯރީގައި އޭނާ ދަނީ ތައްޔާރުވަމުންނެވެ.ވިލިއަމް މޮރިސް އެންޑްވޭ އާއިއެކު ފިލްމެއްގައި އާލިޔާ ސޮއިކޮށްފައިވާ ވާހަކަ އިންޑިޔާސް ޓުޑޭގެ މަޖައްލާ ތަކުގައި ސައްހަ ހަބަރުގެ ގޮތުގައި ޝާޢިއު ކުރެވިފައި ވާއިރު އާލިޔާ ހުރިހާ ގޮތަކުންވެސް އޭނާގެ ހޮލީވުޑް ހުވަފެންތަކަށް ޙަޤީޤީ ކުލަ ގެނައުމަށް ވަނީ ތައްޔާރުވެފައެވެ.