ގދ. މާވަރުލާއި ގދ. ގައްދޫ ދޭތެރޭގައި އޮތް ފަޅުރަށަކަށް ދަނިކޮށް ގެއްލުނު މީހުން ފެނިއްޖެ އެވެ.
އެ ދެ މީހުން ގެއްލުމާ ގުޅިގެން އެމްއެންޑީއެފަށް އެ މައްސަލަ ހުށަހެޅީ ރޭ 10:03 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ހޯދަމުން ދިޔައީ ޑިންގީއެއްގައި ހޮނިހިރު ދުވަހުގެ ހެނދުނު ދިޔަ ދެ މީހަކު ނުފެނި އެ މީހުންގެ ހަބަރެއް ނެތި ގެއްލުމާ ގުޅިގެންނެވެ. ގެއްލިގެން ހޯދީ ދެ ދިވެހި ފިރިހެނުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެ މީހުން ފެނުނު އިރު، ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެ މީހުން ފެނުނީ ގދ. ހުޅުމާވަރުލު ކިޔާ ފަޅު ރަށެއްގައި ތިއްބާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހުން އަނބުރައި ރަށަށް ނާދެވިފައި ތިބީ ދިޔަވަރު ހިކި ދަތުރުކުރަން ދަތިވުމުން ކަމަށެވެ. އެ މީހުން ދަތުރުކުރީ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފަށް މައުލޫމާތުދިން ނަމަވެސް އެ މީހުން ދަތުރުކޮށްފައި ވަނީ ބޮއްކުރައެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލިއަމްގެ މިލްކިއްޔާތު އޭނާގެ 9 އަހަރުގެ ދަރިފުޅަށް!
ކޮރެއާ ބަލިކޮށް ސައުތު އެފްރިކާ ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!
