ސްކޫލު ދަރިވަރަކު 15 އަންހެން ކުދިންތަކެއް ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެޗްއެސްސީގައި ކިޔަވަމުން އަންނަ ދަރިވަރު އޭނާގެ ކޮއްކޮ ހިމެނޭހެން 15 ކުދިން ރޭޕްކޮށްފައިވެ އެވެ. މިކަމާއި ގުޅޭ ގޮތުން އެދަރިވަރު ދައްކާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ސްކްރީން ޝޮޓުތަކުގައި ވަނީ އުމުރާ ނުގުޅޭ ތަފާތު އެކި، ބަދު އަހްލާގީ ވާހަކަތައް ދައްކައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދާރާތަކަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ވަނީ ގޮވާލާފަ އެވެ.
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް